އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯ ފެނިފައި ވޯޓުދޭ މީހުންނަށްވުރެ، ނާޝިޒްއާއި، ނާޒިލްގެ ފޮޓޯ ފެނިފަ ވޯޓުދޭ މީހުން މިހާރު މާ ގިނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ހަސަން ކުރުސީގެ ޓުވިޓާ އެކައުންޓުން އަންނިގެ ފޮޓޯ ޖަހައިގެން މަޖިލީހަށް ހޮވުނު ދެމަފިރިން ކަމަށްބުނެ ފޮޓޯއާއިއެކު ކުރި ޓުވީޓަކާއި ގުޅިގެންނެވެ. އެފޮޓޯގައި ވަނީ ނާޝިޒުއާއި އޭނާގެ އަންހެނުން ރޮޒޭނާގެ އިތުރުން ހިސާންއާއި، އޭނާގެ ފިރިކަލުން ނާޒިލްއެވެ.
މިފޮޓޯ ހިއްސާ ކުރުމަށްފަހު ކުރުސީ ވިދާޅުވީ މިއީ އަންނިގެ ފޮޓޯ ޖަހައިގެން މަޖިލީހަށް ހޮވުުނު ދެމަފިރިން ކަމަށެވެ. މިވާހަތަކަށް ރައްދު ދެއްވައި ރޮޒޭނާ ވިދާޅުވީ ފޮޓޯއަށް ބަލާފަ މީހަކު ވޯޓުދޭނަމަ އަންނިގެ ފޮޓޯއަށް ބަލާފަ ވޯޓޫ ދިނުމަށްވުރެ ނާޝިޒްއާއި، ނާޒިލްގެ ފޮޓޯއަށް ބަލާފަ ވޯޓުދޭ މީހުން މާގިނަ ވާނެކަމަށެވެ.
ފޮޓޯއަށް ބަލާފަ މީހަކަށް ވޯޓު ދެންޔާ މުހައްމަދު ނާޝިޒުއާއި، ނާޒިލްގެ ފޮޓޯ ފެނިފަ މީހުން ވޯޓު ދިނުން މާ ގާތް އަންނިގެ ފޮޓޯއަކަށްވުރެ. ލާފަ ތިއިން ދެފޮޓޯވެސް ހާދަ ރީއްޗޭ.
– ހަސަން ކުރުސީ ކުރި ޓުވީޓަށް ރައްދު ދެމުން ރޮޒޭނާ ވިދާޅުވިއެވެ.
Photo eh balaafa meehakah vote dhenya @Mnashiz aa @HithadhooNazil ge photo fenifa meehun vote dhinun maa gaai Anni ge photo akah vuren. Laafa theedha 2 photo ves haadha reehchey! 😂 https://t.co/V8ALKDOzDA
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) April 16, 2023
ރޮޒޭނާ މިފަދައިން ވިދާޅުވިއިރު، ފިރިކަލުން ނާޝިދު ވަނީ އިއްޔެ އެމްޑީޕީއަކީ ވަކި މީހެއްގެ ބާރާއި ނުފޫޒުގައި އޮންނަން ޖެހޭނެ ޕާޓީއެއް ނޫން ކަމަށާއި ގަބޫލުކުރާ ސިޔާސަތުތަކެއްގެ މައްޗަށް ވަރަށް ހަރުދަނާކޮށް ހިނގަމުން އަންނަ ޕާޓީއެއްގެ ގޮތުގައި ބަލައިގަންނަ ކަން ގުރައިދޫ ދާއިރާގެ ނަތީޖާ އިން ހާމަވި ކަމަށް ވިދާޅުވެ ނަޝީދަށް ރައްދު ދެެއްވާފައެވެ.
ގުރައިދޫ ދާއިރާގެ ކެމްޕޭންގައި އެ ރަށްތަކުގައި އުޅުއްވި ނާޝިޒް ވިދާޅުވީ އެމްޑީޕީގެ ރައީސް ނަޝީދު އިސްވެ ހުންނަވައި ހިންގާ "ފިކުރެއްގެ ދިރުން" ހަރަކާތުގެ ބައެއް ބޭފުޅުން ޕީޕީއެމަށް ކާމިޔާބު ހޯދަން އެ ޕާޓީގެ ކެމްޕޭން ޓީމާއެކު މަސައްކަތްތަކެއް ކުރި ކަމަށެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކާމިޔާބީ އާއި ޕާޓީގެ ކުރިމަގު ވެސް އޮންނާނީ އަދި ދިވެހި ރައްޔިތުން އިންތިހާބު ކާމިޔާބުކޮށްދޭނީ ޕާޓީގެ ވަކި ބޭފުޅަކު ނިންމާ ނިންމުމެއްގެ މައްޗަށް ނޫން ކަމަށެވެ. އިންތިހާބުގެ ނަތީޖާ ނުކުންނާނީ ވޭތުވެދިޔަ ފަސް އަހަރު ރައްޔިތުންގެ މަންފާ އާއި ފައިދާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮށްދެއްވި މަސައްކަތްތަކުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ