ރާއްޖެއައި އިންޑިއާ އަންހެނެއްގެ ލަގެޖުން 9 މިލިއަން ރުފިޔާގެ ޑްރަގް ފެނިއްޖެ

ރާއްޖެއައި އިންޑިއާ އަންހެނެއްގެ ލަގެޖުން 9 މިލިއަން ރުފިޔާގެ ޑްރަގް ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2023 03:51
0

ވައިގެ މަގުން އިތިއޯޕިއާއިން ރާއްޖެ އައި އިންޑިޔާގެ ފަސިންޖަރެއްގެ ލަގެޖުން ނުވަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފާނެކަމަށް ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން، އިއްޔެ އިތިއޯޕިއާ އިން ރާއްޖެ އައި އިންޑިއާގެ އުމުރުން 56 އަހަރުގެ އަންހެން ފަސިންޖަރަކު ހުއްޓުވައި، ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ބަލާފާސްކުރުމުގެ ތެރޭގައި އެ ލަގެޖުން މަސްތުވާތަކެތީގެ ތެރޭގައި ކޮކެއިން އާއި ހެރޮއިން ފެނިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެއީ އަތްދަބަހާއި ފޮށީގައި ރައްކާކޮށްފައި ހުރި 1.180 ކިލޯ ކޮކެއިން އަދި 4.2 ކިލޯހެރޮއިން އާއެކު ޖުމްލަ 5.380 ކިލޯގެ މަސްތުވާތަކެއްޗެވެ.

މިތަކެތީގެ މަގުމަތީ އަގު 9 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ. މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފަސިންޖަރާއި، އޭނާގެ ދަބަހުން ފެނުނު މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.