ކަމަދޫ ބަނދަރުގެ 54 ޕަސެންޓް މަސައްކަތް ނިމިއްޖެ

ކަމަދޫ ބަނދަރުގެ 54 ޕަސެންޓް މަސައްކަތް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2023 12:43
0

ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 54 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންގޮސްފައި ކަމަށެވެ. އަދި އެ މަޝްރޫއުގެ 54 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީއިން ބުނެއެވެ.

ކަމަދޫގައި މިހާރު އޮތީ 400 ފޫޓް ދިގު 150 ފޫޓު ފުޅާ ބަނދަރެކެވެ. ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިބަނދަރަށް އިތުރުކުރުމަށް ހަމަޖެހިފައި އޮތީ 150 ފޫޓެވެ. މި މަސައްކަތުގެ ދަށުން ބަނދަރަށް އިތުރުކުރާ 25،404 އަކަމީޓަރުގެ ސަރަހައްދު ފުންކުރުމާއި 180 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 826 މީޓަރުގެ ރިވެޓްމަންޓްޖެހުމާއި 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އޮޑިފަހަރު އަޅާ ވާ އެއްސުމަށް 70 މޫރިންގް ހަރުކޮށް ކޮޅުވެއްޓިތަކަށް ކައިރިކުރެވޭ ގޮތަށް 11 މީޓަރުގެ ރޭމްޕެއް ހަދައި 1730 އަކަމީޓަރުގެ ދުވާރު ހަދާ ބަނދަރު ހިމެނޭ ސަރަހައްދުގައި 17 މަގުބައްތި ޖެހުމާއި ނެރުބައްތި ޖެހުން މިމަސައްކަތުގެ ދަށުން ކުރާނެއެވެ.

ޕްލޭނިގްއިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރެއްވީ 47.01 މިލިއަން ރުފިޔާއަށް 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި ބަނދަރުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.