ތިން މައިންނަށް ބޭނުންވާ އެހީ 3 ގަޑިއިރު ތެރޭ ލިބިއްޖެ

ތިން މައިންނަށް ބޭނުންވާ އެހީ 3 ގަޑިއިރު ތެރޭ ލިބިއްޖެ

Author
މުޙައްމަދު ޝަޒައިމް
09 އޭޕްރިލް 2023 11:14
0

މާލޭގައި ކުޑަ ދެ ކުުދިންނާއެކު ދިރިއުޅެމުންދާ އެކަނިވެރި މަޔަކު ބިކަހާލުގައި ޖައްސައި މަގުމަތުކޮށްލިތާ ތިން ގަޑިއިރު ނުވަނީސް ތިން މައިންނަށް ބޭނުންވާ ވަރަށް ފައިސާގެ އެހީތެރިކަން ލިބިއްޖެ ކަމަށް އެ އާއިލާއަށް އެހީތެރިކަން ހޯދަން ހުޅުވާލި މަމްސް އެއިޑް ޖަމިއްޔާއިން ބުނެފިއެވެ.

އެ ތިން މައިން މަގުމަތިވެފައިވާ ފޮޓޯތަކާއެކު މަމްސް އެއިޑުން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވެ އެތައް އަހަރެއް ހޭދަކޮށްފައިވާ އަންހެނަކު، އޭނާގެ ފިރިމީހާ ކައިރިން ވަރިވުމަށްފަހުވެސް ވަކިން އުޅެވޭނެ އެހެން ގޮތެއް ނެތުމުން އުޅެމުން އައީ ފިރިމީހާގެ ގޭގައި ހުރި ކުޑަކޮޓަރިއެއްގައި ކަމަށެވެ. އެ ކޮޓަގަރިން ބައެއް ފަހަރު ހުންނަނީ ކަރަންޓު އަދި ފާހާނައިން ހުންނަނީ ފެން ކަނޑާލާފައި ކަމަށްވެސް ބުންޏެވެ.

އެ ހާލުގައި އުޅެމުން ދަނިކޮށް ފިރިމީހާ، އޭނާގެ ދެ ދަރިންނާއެކު އަންހެން މީހާ މިއަދު ގެއިން ނެރެލުމުން އެ ތިން މައިންނަށް އެހީތެރިކަން ފޯރުކޮށްދޭން މަމްސް އެއިޑުން ހުޅުވާލިއެވެ. މަމަސް އެއިޑުން މިރޭ ބުނީ، އެހީތެރިކަން ފޯރުކޮށްދޭން ހުޅުވާލިތާ ތިން ގަޑިއިރުގެ ތެރޭގައި އެ ތިން މައިންނަށް ބޭނުންވާ ފައިސާ އާއި ތަކެތީގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އެހެންވެ މި ވަގުތަށް ފައިސާ ބަލައިގަތުން ހުއްޓާލާފައިވާ ކަމަށް ބުންޏެވެ.

މަމްސް އެއިޑުން ބުނީ، ފަންޑު ބޭނުން ކުރާނީ އުޅޭނެ ތަނެއް ކުއްޔަށް ނެގުމާއި އެޑުވާންސް ދެއްކުމާއި ފަރުނީޗަރު ގަތުމަށާއި ކުދިންނަށް ބޭނުންވާ ތަކެތި އަދި ކާބޯތަކެތި ގަތުމަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައްޓަމަސް
މަރުހަބާ މަމްސްއަށް ތިޔަކޮއްދިން ކަންތަކަށް އެއްއިންސާނަކު އަނެއް އިންސާނަކަށް އެހީތެރިކަން ދޭން ޖެހޭނެ ޚާއްސަކޮށް މިކަހަލަ ކަންތަކުގައި، ތިޔަކުރާމަސައްކަތުގައި ބަރަކާތް ލައްވާށި އާމީން
M Mohamed Adam
ެހތީ ވަރަށް ހަޔާތްކުޑަ ފިރިހެނެއް..ވަންނާނެ ތަނެއް ނެތި ކުޑަކުޑަ ދެދަރިން މަގުމަތިކޮއްލީ..ﷲ އެ ކުޑަ ދެކުދިންނާއި އެކުދިންގެ ހިޠްވަރުގަދަ މަންމަ އަށް ކުރިއަށް އުފާވެރި ދުވަސް ތަކެއް މިންވަރު ކުރައްވާށިއެވެ..ޢާމީން