މާލެސިޓީ ކައުންސިލް ޢުމްރާ ދަތުރު ލިބުނު މުވައްޒަފުން ޢުމްރާއަށް ފުރައިފި

މާލެސިޓީ ކައުންސިލް ޢުމްރާ ދަތުރު ލިބުނު މުވައްޒަފުން ޢުމްރާއަށް ފުރައިފި

Author
މުޙައްމަދު ޝަޒައިމް
09 އޭޕްރިލް 2023 11:01
0

މާލެ ސިޓީކައުންސިލްގެ ދިގު ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޭއްވި "ސްޓާފް ނައިޓް"ގައި ކުރިއަށް ގެންދިޔަ ގުރުއަތުން ޢުމްރާދަތުރުގެ ނަޞީބުވެރި ފަރާތްތަކަށް ހޮވުނު ކައުންސިލްގެ 5 މުވައްޒަފުން ޢުމްރާއަށް ފުރައިފިއެވެ.

މިގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ މާލެސިޓީ ކައުންސިލަށް 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާ، ޙައްޖު އަދި ޢުމްރާގެ އަޅުކަންމިހާތަނަށް އަދާކުރެވިފައިނުވާ ފަރާތްތަކުގެ މެދުގައެވެ.

އަގުހުރި އިނާމްތަކަކާއިއެކު މާލެސިޓީ ކައުންސިލްގެ ފުރަތަމަ ”ސްޓާފް ނައިޓް“ ބާއްވާފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ ހެންވޭރު ދަނޑުގައެވެ. ސްޓާފް ނައިޓްގައި މުވައްޒަފުންގެ އަގުވަޒަން ކުރުމަށްއަގުހުރި އިނާމްތަކެއް ވަނީ ދީފައެވެ. ޢުމްރާ ދަތުރު 5 މުވައްޒަފަކަށް ލިބިފައިވާއިރު މި ދަތުރު ތަކަކީ، ހެޔޮއެދޭ ފަރާތްތަކުން ސްޕޮންސަރކޮށްދީފައިވާ ދަތުރުތަކެއްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މި ޙަފްލާގައި ޢުމްރާ ދަތުރުގެ ނަޞީބުވެރި ފަރާތްތަކަށް ހޮވިފައިވަނީ އެސިސްޓަންޓް ކައުންސިލް އޮފިސަރ އައިމިނަތު ތަހުމީނާ، ސީނިއަރ ކައުންސިލްއޮފިސަރ ސުލްތާނާ ހަމީދު، ކައުންސިލް އޮފިސަރ މަރްޔަމް ޒާހިދާ، އަދި އެސިސްޓަންޓް ކައުންސިލް އޮފިސަރ އައިމިނަތު ރަޒާނާ، ގެ އިތުރުންކައުންސިލް އެސިސްޓަންޓް ރަމްލާ އިބްރާހިމްއެވެ.

ކައުންސިލްގެ ސްޓާފް ނައިޓަށް މި ޢުމްރާ ދަތުރުތައް ސްޕޮންސަރ ކޮށްދެއްވާފައިވަނީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ، ޒަމްޒަމް ޙައްޖު އެންޑް ޢުމްރާ، ލިޓަސް މޯލްޑިވްސް އަދި އޮންދިގޯގެ ފަރާތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވަރަ
މާޝާﷲ ވަރަށް އުފާވެރި ޚަބަރެއް އުމުރާ ދަތުރުވެރީންނަށް ބާއްޖަވެރިކަމަށް އެދެން، މާލޭ ކައުންސިލަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން، ތިކޮށްދެއްވެވީ ވަރަށް ވެސް ބޭނުންތެރި ކަމެއް.