އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 361 ގްރާމްގެ ރަން ކަސްޓަމްސްއިން އަތުލައިގެންފި

އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 361 ގްރާމްގެ ރަން ކަސްޓަމްސްއިން އަތުލައިގެންފި

Author
އަޒްފާ ރަޝީދު
09 އޭޕްރިލް 2023 07:22
0

އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 361 ގްރާމްގެ ރަން ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓްމަސްއިން ބުނެފައިވަނީ އަތުލައިގަނެފައިވަނީ ވައިގެމަގުން އަބޫދާބީއިން ރާއްޖެއައި ފަސިންޖަރެއްގެ ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ރަންތަކެއް ކަމަށެވެ.

މާޗް 17 ވަނަ ދުވަހު ރާއްޖެއައި ފަސިންޖަރަކާއިމެދު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެ މީހާގެ ހަށިގަނޑު އިތުރަށް ބަލައި ފާސްކުރުމަށްޓަކައި ބޮޑީސްކޭން ކުރިއިރު ހަށިގަނޑުގެ ތެރޭގައި އެއްޗެއް ރައްކާކޮށްފައިހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެ ތަކެއްޗާއި ގުޅޭގޮތުން ސުވާލުކުރުމުން ހަށިގަނޑުގައި ރަން ހުންނާނެކަމަށް އެ މީހާ އެއްބަސްވެފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ އެމީހާގެ ހަށިގަނޑުން ނެގި ރަނުގެ ބަރުދަނުގައި ޕެކިންއާއެކު ޖުމުލަ 361 ގްރާމް ހުރި ކަމަށެވެ. މި މައްސަލައިގައި އަތުލައިގަނެފައިވަޏީ އިންޑިއާއަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.