އެންޓީއާރް ބޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި

އެންޓީއާރް ބޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި

މިދިއަ އަހަރު އިންޑިއާގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމުގައިވާ "އާރްއާރްއާރް" ގެ ބަތަލު އެންޓީއާރް ޖޫނިއާ ބޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

އެންޓީއާރް އަކީ ސައުތުގެ އެންމެ މަޝްހޫރު އެއް އެކްތަރެވެ. ކާމިޔާބު އެތަށް ފިލްމް ތަކެއް ކުޅެފައިވާ އެކްޓަރު ގެ ފިލްމަކީ ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ 2019 ގެ "ވޯ" ގެ ސީކްއެލް އެވެ.

"ވޯ" އިން ފެނިގެން ދިއަރީ ރިތިކް އާއި ޓައިގާ ނަމަވެސް މިފަހުަގެ ފިލްްމް އިން ރިތިކް އާއި އެކުގައި ފެނިގެންދާނީ އެންޓިއާރް ކަމަށްވެއެވެ. ޓައިގާ އަށް މިފަހަރުގެ ފިލްމް އިން ފުރުސަތު ގެއްލުނު ސަބަބެއް ނޭގެއެވެ. މި ވަރުގަދަ އެކްޝަން ފިލްމް އަކީ ވަރަށް ކާމިޔާބު ފިލްމް އެކެވެ.

އޭނާ މިހާރު އަންނަނީ "އެންޓީއާރް 30″ ގެ ނަމުގައި ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. މީގެ ބަތަލާ އަކީ ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރެވެ. މީ ޖާންވީ ސައުތުގެ އިންޑަސްޓްރީއަށް ތައާރަފްވާ ފިލްމް ވެސްމެއެވެ.

 

View this post on Instagram

 

A post shared by Taran Adarsh (@taranadarsh)

"ވޯ 2″ އިއުލާން ކުރީ މިދިއަ އަހަރުގައިއެވެ. މި ފިލްމްއަށް ޑައިރެކްޓަރަކުވެސް މިހާރު ވަނީ ހަމަޖައްސައިފައިއެވެ.  އެއީ މިދިއަ އަހަރުގެ އެންމެ ކާމިޔާބު ފިލްމް ގެނެސްދިން ޑައިރެކްޓަރު އަޔާން މުކަރުޖީއެވެ. މިދިއަ އަހަރު އޭނާ ޑައިރެކްޓް ކުރި "ބްރަމަސްތުރާ: ޕާޓް ވަން ޝިވާ" ވެގެން ގޮސްފައިވަނީ ގިނަ ރެކޯޑްތަކެއް މުގުރާލި ކާމިޔާބު ފިލްމް އަކަށެވެ.

"ވޯ" ޑައިރެކްޓް ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކް ޚާންގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދު އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *