އެތުލެޓިކޯ މޮޅުވެ ރެކޯޑް ދެމެހެއްޓިއިރު، މެޑްރިޑް ބަލިވެއްޖެ

އެތުލެޓިކޯ މޮޅުވެ ރެކޯޑް ދެމެހެއްޓިއިރު، މެޑްރިޑް ބަލިވެއްޖެ

ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑު މޮޅުވިއިރު ވާދަވެރި ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

ލީގުގައި އެތުލެޓިކޯ މޮޅުވީ ރަށުން ބޭރުގައި ވެލެންސިޔާއާ ވާދަކޮށް 1-0 ލަނޑުންނެވެ. މެޗުގައި ހަމައެކަނި ފެނިގެންދިޔަ ލަނޑަކީ ވެލެންސިޔާގެ ލަޓޯ ޓޯނީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ ލަލީގާގައި ވިދިވިދިގެން އެތުލެޓިކޯއިން ހޯދި ހަ ވަނަ މޮޅެވެ.

ތާވަލުގެ އެއްވަނައިގަވާ ރެއާލް ސޮސެއިޑާޑްއާ އެތުލިޓިކޯއިން ވަނީ އެއްމެޗު މަދުން ކުޅެގެން ހަމަހަމަކޮށްފަ އެވެ. އެތުލެޓިކޯއިން ވަނީ މިހާތަނަށް ލީގުގައި ބަލިނުވެ 26 މެޗު ހަމަކޮށްފައެވެ. މިއީ ކުލަބުގެ ތާރީހުގަވެސް ރެކޯޑެކެވެ. މި ސީޒަންގައި ލީގުގައި ހަމައެކަނި ބަލިނުވެ އޮތް ޓީމަކީވެސް އެތުލެޓިކޯ މެޑްރިޑެވެ.

އެތުލިޓިކޯއިން ލީގުގައި މިހާތަނަށް ވަނީ 19 ލަނޑު ކާމިޔާބުކޮށްފަ އެވެ. އެތުލެޓިކޯ ކީޕަރު ވަނީ މިހާތަނަށް ލީގުގައި ގޯލާ އަމާޒުވި 30 ހަމަލާއެއް މަތަކޮށްފައެވެ. އަދި އޭނާ މިހާތަނަށް ކުލަބަށް ކުޅުނު 200 މެޗުން 112 މެޗުގައި ލަނޑެއް ވައްދާނުލާ ހިފަހައްޓާފައެވެ.

ރޭ އަވަށްޓެރި މެޑްރިޑުން ވަނީ ޑިޕޯޓެވޯ އަލްވޭސް އަތްދަށުވެފަ އެވެ. އަމިއްލަ ދަނޑުގައި ކުޅެ މެޑްރިޑް ބަލިވީ 2-1 ލަނޑުންނެވެ. ޑިޕޯޓެވޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ލުކާސް ޕެރޭޒްގެ އިތުރުން ޖޮސެލޫއެވެ. މެޑްރިޑުގެ ހަމައެކަނި ލަނޑު މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ކަސަމެރޯއެވެ.

މިމެޗުގައި ހަޒާޑަށް ވަނީ އަނެއްކާވެސް އަނިޔާވެފައެވެ. ކުޅުމާ ދުރުގައި ހުރުމަށްފަހު އަނިޔާއިން ރަނގަޅުވެ ހަޒާޑް ވަނީ މެޑްރިޑަށް މި ސީޒަންގައި ހަތަރު މެޗު ކުޅެދީފައެވެ. މިއީ މޮޅެއް ނުހޯދި މެޑްރިޑުން ލީގުގައި ނިންމާލީ ތިންވަނަ މެޗެވެ. މެޑްރިޑު އޮތީ މިވަގުތު ލީގުގެ ކުރީގައިވާ ސޮސެއިޑާޑްއަށް ވުރެ ހަޕޮއިންޓް ފަހަތުން ލީގުގެ ހަތަރު ވަނައިގަ އެވެ. އަދި ތިން ވަނައިގަ ވާ ވިޔަރެއާލް އަށް ވުރެ ދެ ޕޮއިންޓް ފަހަތުގަ އެވެ. ރޭގައި ލީގުގައި ހެއުސްކާ މައްޗަށް ސެވިއްޔާ އިން ވަނީ 1-0 ލަނޑުން ކުރި ހޯދާފައެވެ.

ރޭގެ ނަތިޖާތަކާއެކު ލީގުގެ އެއް ވަނައިގަ 10 މެޗުން 23 ޕޮއިންޓް ހޯދައިގެން ރެއާލް ސޮސައިޑާޑް އޮތްއިރު އެއްމެޗު މަދުން ކުޅެގެން ދެވަނާގައިވާ އެތުލިޓިކޯ ވެސް ވަނީ ހަމަ މިއަދަދަށް ޕޮއިންޓް ހޯދާފައެވެ. ތިން ވަނާގައި ވިޔަރެއާލް އޮތީ 10 މެޗުން ހޯދި 19 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގަ މެޑްރިޑް އޮތީ 17 ޕޮއިންޓް ހޯދައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *