ޕީކް ގަޑިތަކުގައި އިތުރު ބަސްތަކެއް ބޭއްވުމަށް އެމްޓިސީސީއިން މަސައްކަތްކުރަމުން އަންނަކަމަށް އެކުންފުނިން ބުނެފިއެވެ.
ރޯދަމަހު އޮފީސް އަދި ސްކޫލްތައް ހިންގާ ވަގުތު ކުޑަވުމުގެ ސަބަބުން އެ ގަޑިތަކުގައި ބަހަށް އޮންނަ ޑިމާންޑް އިތުރުވެފައިވާކަމަށާއި، މިކަމަށް ހައްލެއް ގެނައުމަށް ކުރިއަށް އޮތްތަނުގައި ބަހަށް ޑިމާންޑް އޮންނަ ސަރަޙައްދުތަކަށް އިތުރު ބަސްތައް ބޭވުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ.
އެހެން މަސްތަކާ އެއްގޮތަށް އެމް.ޓީ.ސީ.ސީން އަންނަނީ މި ރަމަޞާންމަހުވެސް މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައިވެސް ބަހުގެ ޚިދުމަތް ދެމުންނެވެ.
ބަސްތައް އިތުރުކުރުމަށް އެ ކުންފުނިން ނިންމާފައިވަނީ ސިނަމާލެ ބްރިޖު މަތީގައި ބާރުބޮޑުވުމުގެ ސަބަބުން މާލެއާއި ހުޅުމާލެއާ ދެމެދު ކުރާ ދަތުރަށް ގިނަ ވަގުތު ހޭދަވާތީކަމަށް ބުނެފައިވެއެވެ.
ރަމަޞާންމަހުވެސް އެމް.ޓީ.ސީ.ސީން ބަހުގެ ޚިދުމަތް ދެމުން އަންނަނީ ހެނދުނު 6 އިން ރޭގަނޑު 12 ޖެހުމާހަމައަށެވެ. އެހެންނަމަވެސް މާލެ ސަރަޙައްދުގައި ދެމުން އަންނަ ބަހުގެ ޚިދުމަތް، 3 ރޫޓިންއަކުން 3 ގަޑިއިރަށް މެދުކެނޑާލައެވެ. އެއީ ރަމަޟާން މަހުގެ ހަވީރުގެ ވަގުތަކުގަޔާއި، ތަރާވީސް ނަމާދު ވަގުތަކަކީ މަގުމަތީގެ ތޮއްޖެހުން އިތުރުވެ ވެހިކަލްތައް ޕާކް ކުރުން ގިނަ ވަގުތަކެއް ކަމުންނެވެ.
އެމް.ޓީ.ސީ.ސީއިން މި ގެނައި ބަދަލުން މިނީ ބަހުގެ މި 3 ރޫޓުން ކޮންމެ ދުހަކުވެސް އިރުއޮއްސި 6 އިން ރޭގަނޑު 9 އަށް ބަސްދަތުރުތައް މެދުކަނޑާލައެވެ. އަދި އެހެން ހުރިހާ ރޫޓެއްގެ ދަތުރުތައް ކޮންމެ ދުވަހެއްގެ އިރުއޮއްސި 6 އިން 7 އަކަށް މެދުކަނޑާލާނެއެވެ. ހުޅުމާލެ ފޭސް 1 އަދި ދޭއްގެ އިތުރުން ވިލިމާލޭގެ ބަހުގެ ޚިދުމަތްވެސް އެ ވަގުތުތަކުގައި ދިނުންހުއްޓާލާނެކަމަށް އެކުންފުނިން ބުނެއެވެ.
ކޮމެންޓު ފޮނުވާ