މަދުން ނޫނީ ނުފެންނަ ޒާތުގެ ފަންޏެއް، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ދެއްކި މީހެއްގެ ލޮލުން ނަގައިފިއެވެ.
ލޯރަތްވުމާއި އަދި ލޮލުގައި ދިރޭ އެއްޗެއް އުޅޭކަމުގެ އިޙުސާސްތަކެއް ކުރެވިގެން އޭއީއެޗަށް ދެއްކި ބިދޭސީ އަންހެނެއްގެ ލޮލުން ނެގީ ‘އެފްރިކަން އައި ވޯމް’ ނުވަތަ ލޯއާ ލޯއާ ކިޔާ ފަންޏެއް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
މިއީ މިފަދަ ފަންޏެއް އޭއީއެޗްގައި ނެގި ފުރަތަމަ ފަހަރެވެ. ފަނިނެގުމަށް ހޮސްޕިޓަލުން ހިންގި ޕްރޮސީޖަރ އަށް ފަހު އިތުރު މައްސަލައެއް ކުރިމަތި ވެފައިވޭތޯ ބެލުމަށް ހެދި ތަޙުލީލުތަކުން އެއްވެސް މައްސަލައެއް ފާހަގަ ނުވާކަމަށާއި ބަލިމީހާގެ ޙާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ މާލެ ފިޔަވައި ރާއްޖޭގެ އަތޮޅެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ސިއްޙީ ޚިދުމަތް ދެމުން އަންނަ ހޮސްޕިޓަލެވެ.
ކޮމެންޓު ފޮނުވާ