ގިނަ ރެކޯޑް ތަކެއް މުގުރާލީ ފިލްމް "ބުރައްމަސްތުރާ" ގެ ދެވަނައި ސިނަމާތަކަށް ގެންނާނީ 2026 ގައި ކަމަށް އެ ޓްރިލޮޖީގެ ޑައިރެކްޓަރު އަޔާން މުކަރްޖީ ބުނެފި އެވެ.
މިދިއަ އަހަރު ރިލީޒް ކުރި މި ފިލްމް އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމްއެކެވެ. މި ފިލްމް އަކީ ނުފޫޒު ގަދަ ޑައިރެކްޓަރު / ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން ޕްރޮޑިއުސް ކޮށްފައިވާ ފިލްމްއެކެވެ.
މި ފެންޓަސީ-އެކްޝަން އެޑްވެންޗާ ޓްރިލޮޖީ އަކީ ބޮލީވުޑްގެ އެންމެ މަގުބޫލު ކަޕުލް ކަމުގައިވާ އާލިއާ ބަޓް އާއި ރަންބީރު ސިންގް އެކުގައި ކުޅުން ފުރަތަމަ ފިލްމްއެވެ. އަދި މި އާއި އެކުގައި މި ފިލްްމ އަކީ މިދެމީހުން ގެ ލޯބި ގެ ފެށުންވެސް މެއެވެ. މީގެ އިތުރުން ފިލްމް ހާއްސަވާ އަނެއް ސަބަބީ ދެމީހުން ކައިވެނި ކުރި ފަހުން ރިލީޒް ކުރި ފުރަތަމަ ފިލްމް އަށް ވުމެއެވެ.
ފރަތަމަ ފިލްމް އަށް ލިބުން ފާޑުކިޔުން ތަކަށް ރިޔާއަތް ކޮށް ދެވަނަ ފިލްމްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށާއި ހުރިހާ ފާޑުކިއުމެއްވެސް ވެސް އޭނާ ބައިލައިގަންނާނީ ޕޮޒިޓިވް ކޮން ކަމަށާއި ފިލްްމް އެންމެ ފުރިހަމަ އެއްޗަކަށް ހެދޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އަޔާން ވަނީ ބުނެފައިއެވެ.
އަޔާން ބުނީ "ބުރައްމަސްތުރާ" ގެ ދެވަނައި 2026 ގެ މެދު ތެރޭގައި ރިލީޒްކުރަން ޕްލޭންކޮށްފައިވާ އިރު، ކުރިއަށް އޮތް ދެ ބައިގެ ޝޫޓިން ކުރިއަށް ގެންދާނީ އެކުކީގައި ކަމަށެވެ. ނަމަވެސް މި ފިލްމްގެ ކާސްޓާއި ބެހޭގޮތުން އޭނާ އެއްވެސް ވަރަކަށް ވާހަކަދައްކައިފައިއެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ