ސެންޓްރަލައިޒްޑް ބްލަޑް ސެންޓަރެއް ޤާއިމްކުރަނީ

ސެންޓްރަލައިޒްޑް ބްލަޑް ސެންޓަރެއް ޤާއިމްކުރަނީ

ގުޅުންހުރި

މާލެ ސަރަހައްދަށް ބޭނުންވާ ލޭ، އެއްތަނަކުން ފޯރުކޮށްދިނުމަށް ސެންޓްރަލައިޒްޑްގެ ބްލަޑް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ބުނެފިއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސްއިން ހާމަކޮށްފައިވާ ގޮތުގައި މާލެ ސަރަޙައްދުގައި ހުރި ހުރިހާ ހޮސްޕިޓަލަކަށް ބޭނުންވާ ލޭ އެއްތަނަކުން ފޯރުކޮށްދިނުމަށްޓަކައި ސެންޓްރަލައިޒްޑްގެ ބްލަޑް ސެންޓަރެއް ޤާއިމްކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް މިއަހަރު ފެށުމަށް ވަނީ ނިންމާފައެވެ. އަދި މި މަސައްކަތް ފެށުމަށްޓަކައި މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި މޯލްޑިވިއަން ބްލަޑް ސަރވިސްއަށް ބޭނުންވާ ލޭގެ މިންވަރު ހޯދާފައިވާކަމަށާއި، އަދި ސެންޓްރަލައިޒްޑްގެ ބްލަޑް ސެންޓަރަށް ވަޞީލަތްތަކާއި މުވައްޒަފުންވެސް ހަމަޖައްސައި ނިމިފައިވާ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

ލޭ ރައްކާކޮށްފައި ބެހެއްޓޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި ކުރިން 1 ޔުނިޓްގެ ލޭ ހަދިޔާ ކުރެވުނުނަމަވެސް މިހާރު ކޮންމެ މީހަކަށްވެސް 2 ޔުނިޓްގެ ލޭ ހަދިޔާ ކުރެވޭނެކަމަށް ބްލަޑް ސާރވިސަސް އިން މަޢުލޫމާތުދެއެވެ.

ބްލަޑް ބޭންކުގައި ރައްކާކޮށްފައި ހުންނަ ލޭ އެންމެ ގިނައިން ބޭނުން ވަނީ ތެލަސީމިއާ ކުދިންނަށެވެ. ރާއްޖޭގައި ތެލަސީމިއާއަށް ފަރުވާ ހޯދާ 600 އަށްވުރެ ގިނަ ކުދިން އެބަތިބިކަމަށް އެމްބީއެސް އިން ބުނެފައިވެއެވެ. އަދި ތެލަސީމިއާ ކުދިންނަށް ލޭ އެޅުމަށްޓަކައި، ހަފްތާއަކަށް 160 ޔުނިޓްގެ ލޭ ބޭނުންވެއެވެ.

މީގެތެރެއިން 360 އަށްވުރެ ގިނަ ކުދިންނަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ، މާލޭގައި ހުންނަ ތެލަސީމިއާ ސެންޓަރުން ފަރުވާ ހޯދާ ކުދިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ