ރޯދަމަހު ބްލަޑް ބޭންކްއިން ހިދުމްތްދޭ ވަގުތުތަކަށް ބަދަލްތަކެއް

ރޯދަމަހު ބްލަޑް ބޭންކްއިން ހިދުމްތްދޭ ވަގުތުތަކަށް ބަދަލްތަކެއް

ގުޅުންހުރި

ރޯދަމަހާއި ގުޅިގެން ބްލަޑް ބޭންކްއިން ދެމުންދާ ޚިދުމަތްތަކަށް ބަދަލު ގެނެސްފިއެވެ.

ބްލްޑް ސަރވިސްއިން ބުނީ 25 މާރްޗް އިން ފެށިގެން 1444 ވަނަ އަހަރުގެ ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު އެ ސަރވިސަސްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ގަޑިތަކަށް ބަދަލު ގެނެވިފައިވާ ކަމަށެވެ. އަދި އެ ސަރވިސަސް ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 9:00 ން މެންދުރު 03:00 އަށް އަދި ރޭގަނޑު 8:00 ން ދަންވަރު 02:00 އަށެވެ.

އެގޮތުން އެޗް.ބީ ބެލުމާއި ކްރޮސްމެޗް ހެދުމަށް ސާމްޕަލްނެގުންގެ ޚިދުމަތް ހެނދުނު 9:00 ން މެންދުރުފަހު 14:30 އަށް އަދި ރޭގަނޑު 8:00 ން 00:00 ށް ، ތެލެސީމިއާ ސްކްރީނިންގެ ޚިދުމަތް ހެނދުނު 09:15 ން މެންދުރު 12:00 އަށް، ތެލެސީމިއާ ކާޑް ދޫކުރުން ހެނދުނު 9:15 ން މެންދުރު 12:00 އަށް، ޑޯނަރުން ގައިން ލޭ ނެގުން ހެނދުނު 9:00 ން މެންދުރުފަހު 14:00 އަށް އަދި ރޭގަނޑު 8:00 ން 1:00އަށް ޑޯނަރުން ގައިން އެފެރެސިސްކޮށް ލޭ ނެގުން ހެނދުނު 9:00 ން މެންދުރުފަހު 13:00 އަށް އަދި ރޭގަނޑު 8:00 ން 23:00 އަށް، ބޭސް ދޫކުރުމުގެ ޚިދުމަތް ހެނދުނު 9:00ން މެންދުރުފަހު 14:30ށް އަދި ރޭގަނޑު 9:00ން 1:30ށް ދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ޔުނިޓް-1 އަދި ޔުނިޓް-2 އަކުން ލޭ ގުޅައިދިނުމުގެ ޚިދުމަތް ހެނދުނު 9:00ން 9:30ށް ހުރިހާ އުމުރެއްގެ ކުދިންނަށް ލިބޭނެ އެވެ. އަދި ރޭގަނޑު 8:00ން 8:30ށް 12 އަހަރުން މަތީގެ ކުދިންނަށް އެ ޚިދުމަތް ލިބޭނެ ކަމަށް ބްލަޑް ސަރވިސްއިން ބުނެއެވެ.

އެސަރވިސްއިން ބުނީ ޑޮކްޓަރުން ބެއްލެވުން ހެނދުނު 9:00ން މެންދުރުފަހު 2:45ށް، ރޭގަނޑު 8:00ން 1:45ށް ކުރިއަށްދާއިރު، އައިޖީއެމްއެޗް ޓެސްޓްތަށް ހެދުމަސް ސާމްޕަލް ނެގުމުގެ ޚިދުމަތް ހެނދުނު 9:00ން މެންދުރުފަހު 14:30ށް ކުރިއަށްދާނެ ކަމަށެވެ.

ޑޯނަރުން ގައިން ލޭ ނެގުމަށްފަހު، ކުއްޖާ ގައިން މެންދުރު 12:00 ގެ ފަހުން ނަގާ ސާމްޕަލްގެ ކްރޮސްމެޗް ނިމޭނީ އެރޭ 22:30 ގައެވެ. ރޭގަނޑު 10:30 ގެ ފަހުން ނަގާ ސާމްޕަލްގެ ކްރޮސްމެޗް ނިމޭނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 11:30 ގައެވެ. އަދި ޖެހިގެން އަންނަ ދުވަހަކީ ބަންދު ދުވަހެއް ކަމުގައިވާނަމަ ކްރޮސްމެޗް ހެދުމަށް ސާމްޕަލް ނެގޭނީ އެދުވަހުގެ ރޭގަނޑު 22:30 ގެ ކުރިން ކަމަށް ބްލަޑް ސަރވިސްއިން ބުނެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މިވަގުތުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ