އިސްލާމް ދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް މުހިންމު: ޚުޠުބާ

އިސްލާމް ދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް މުހިންމު: ޚުޠުބާ

ގުޅުންހުރި

އިސްލާމް ދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް މުހިންމު ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ނަޞްރުގެ މައްސަރު" މިމައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ ބަދުރު ހަނގުރާމާގައި މުސްލިމުންގެ ތެރެއިން 14 ބޭކަލަކު ޝަހީދު ވެގެން ދިޔައިރު، އޭގެ ތެރޭގައި ޒުވާން ސަޙާބީން ހިމެނިވަޑައިގަތްކަމީ އޭގެއިން ޒުވާނުން އިބުރަތް ލިބިގަންނަންޖެހޭ ކަމެއް ކަމުގައެވެ.

އިސްލާމް ދީނުގެ ދަންމަރު ނެގެހއްޓުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް މުހިންމު ކަމުގެ އިޝާރާތެކެވެ. ބަދުރުގެ ދުވަހުގައި އުމުރުން އެންމެ ސޯޅަ އަހަރުފުޅުގައި އުމައިރު ބުނު އަބީ ވައްޤާސް ޝަހީދު ވިއެވެ. އެކަލޭގެފާނު ލަޝްކަރުގައި ބައިވެރިކޮށް ދެއްވުމަށް އެދި ދެންނެވުމުން އެކަލޭގެފާނުގެ އުމުރުފުޅުން ހަނގުކަމާހުރެ އެކަލޭގެފާނު ހަނގުރާމާގައި ބައިވެރި ކުރެއްވުމަަށް ކީރިތި ރަސޫލާ ފުރަތަމަ ހުއްދައެއް ނުދެއްވިއެވެ. އެހެންނަމަވެސް އެކަލޭގެފާނު އިތުރަށް އެ ކަމަށް އާދޭސް ކުރައްވައި ކީރިތި ކުރެއްވުމުން ލަޝްކަރުގައި ބައިވެރިވުމަށް ހުއްދަ ދެއްވީއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ ދުއާއަކީ މުސްލިމުންގެ ހަތިޔާރު ކަމުގައެވެ. އެގޮތުން ކަންކަމުގައި ﷲގެ ހަޒުރަތުގައި ދުއާ ދެންނެވުމަށް ލަދުގަނެގެން ނުވާނެ ކަމަށާއި، އެކަލާނގެއީ އަޅުތަކުންގެ ދުއާ އިޖާބަކުރައްވާ ރަސްކަލާގެ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ. އެގޮތުން އެކަލާނގެއަށް ބިރުވެތި އިޚްލާސްތެރި ހިތަކުން ދުޢާކުރުމަކީ އެ ދުޢާއެއް އިޖާބަވުމަށް އޮތް ބާރެއްކަމުގައި ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ