ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން މިވަގުތަށް މަޤާމުތަކުން ވަކިވި ނަމަވެސް ވޯޓާ ޖެހޭއިރު އެހުރިހާ ބޭފުޅުންވެސް ތިއްބަވާނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ފަހަތުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމުން، އެ ޕާޓީގެ ސްލޮޓްގައި ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަކި ކޮޅެއް ނެންގެވުމުގެ އޮއިވަރާއެކު، ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހުންނެވިކަން ހާމަކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ވައްޑެ ވިދާޅުވީ މިވަގުތު މަޤާމުގެ ދިފާއުގައި މިފަދަ ނިންމުންތަކެއް ނިންމި ނަމަވެސް ވަގުތު ޖެހޭއިރު، މިއެންމެން ތިބޭނީ ޤާސިމްގެ ފަހަތުގައިކަމަށެވެ.
މިހިނދަށް މަޤާމު ދޫކޮށްލައްވަން ބޭނުންނުވާތީ މިގޮތަށް ނިންމެވިޔަސް، ވޯޓާ ޖެހޭއިރު މިހުރިހާ ބޭފުޅުންވެސް ތިއްބަވާނީ ހަމަ ޖޭޕީގެ ލީޑަރު ފަހަތުގައި.
– ވައްޑެ ވިދާޅުވިއެވެ.
ޖޭޕީގެ ސްލޮޓްގައި ސަރުކާރުގައި މައުސޫމާއެކު ތިން ވަޒީރަކު ތިއްބަވައެވެ. އެއީ ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. ގާސިމް އެޅުއްވި ފިޔަވަޅާއެކު، ޖޭޕީގެ ސްލޮޓްގައި ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ވަޒީފާގެ ޔަގީންކަމާ މެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި އާއިޝާ އާއި ހުސައިން އަދި ތިއްބެވީ ހިމޭނުންނެވެ.
ޖޭޕީގެ ސްލޮޓްގައި ސަރުކާރުގައި ތިއްބެވި ބައެއް އިސްބޭފުޅުންގެ ތެރެއިން މިހާތަނަށް އެ ޕާޓީ ދޫކުރެއްވި ބޭފުޅުންގެ ތެރޭގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވައެވެ.
4 Responses
votaa jeheyiru misoru hunnaani konthaakuba
މީނައަކީ ކާކު؟؟؟؟
މިމީހުން ފުނޑާލަން ރޭވީ އެހެންތަނެކެވެ. ރޫޅިގެން މިދަނީ އެހެންތަނެކެވެ. ކަތުރުފަނި ވަނީމާ ހުރިހާ ތަނެއްވެސް ވާނީ ހަމަ އެހެނެވެ.
ވައްޑޭއަކަސް ތި ކިއަނީ ހެއޮއެއްޗެއް، ޖޭޕީން ކެޑެނީ ހަމަ ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން، އެތޯހެވީ މިތޯހެވީ ބަލަން ވެގެން، އެހެންނޫނަސް ތި ރައީސް އިބުރާހިމަކީ އަމިއްލަ އެދުމައިގެން ފޯވެފާހުރި ބޭކަލެއް، ވެރިކަމަށް އަންނަވަން އުޅުއްވިއިރު ދެއްކެވި އެންމެ ވާހަކައެއްވެސް ކުރައްވާނެ ކަމަށް އިއުލާނު ކުރެއްވި އެންމެ ކަމެއްވެސް ކުރެއްވިތޯ! ހުރިހަ ކުލައެއްވެސް ގާއިގާ ހުންނަވާނެ ކަމަށާ ވަކި މީހަކަށްވަކިގޮތެއް ނުހަދާނެ ކަމަށާ، ސިޔާސީގޮތުން އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެކަމަށާ، ވަޒީފާއިންމީހުންވަކި ނުކުރާނެކަމަށާ، ދެން މިހެން ކިއާނެކަމެއްނެތް، ރައިއްޔަތުންނަކީ ރައީސްގެ ހިމާޔަތުގާ ތިބޭނެ ބައެއްކަން އޭރު ބުންޏަކަސް އެހުރިހާވައުދެއްގެ އެކޮޅުކޮޅުން ޖަހާގެން ރައިއްޔަތުން ހަމަ ހަނާ މި ވަނީ،، ދެން އޮތީ ޖޭޕީން މިކެނޑޭ މަވެތި ބައިގަނޑުގެ ވާހަކަ،ނައިބުރައީސް ވެސް ހީކުއްވާކަހަލަ ރައީސްމީހަކީމިހާރު އެއީ ކަމަށް ޕީޕީއެމުން އެކިއާއެންމެފަހުން ހުވާކުރި ރައީސްސަކީ ފައިސަލޭ ކިއާތީ ހުންނަނީ ހަމަ ނިކަން ރައީސް ހެދިގެން،އެންވެ ޖޭޕީ ދޫކޮށް ސޯލިހުވެފަ އެހުނަނަވަނީ،،
ރައީސް އިބުރާހިމަކީ ތިކަހަލަ އަޚުލާގެއްގެ ރަހުމެއްގެ ވެރިއެއް ނޫން، އެހެންނަމަ ރމައުމޫނަށް ލަނޑެއް ނުދިނީސް، ޕީޕީއެމުގެ މަޖުލިސް މެންބަރުންގެ ތެރެއިން ކިތައް މެންބަރުން ނެރެގެން ގެންގޮސް ތި ރައީސް އިބުރާހިމް ވެރިކަމަށް ގެންނަން މަސައްކަތްކޮށްދެއްވި، ނަމަވެސް ވެރިކަމަށް އެރުމަށްފަހު ބޭއްވި މަޖުލިސް އިންތިޚާބުގެ އެންމެ ގޮނޑިގަނޑެއްވެސް ރމައުމޫނަށް ދެއްވިތޯ؟ އެހުރިހާ މެންބަރުން އެތިބީމަގުމަތި ކޮށްފާ، މިވަރުންވެސް ރމައުމޫނަށް އިބުރަތަކަށް ނުވޭތޯ؟