އުރްފީ މިފަހަރު ލައިގެން ހުރީ މަސްބާނާ ދާ ގަނޑެއް

އުރްފީ މިފަހަރު ލައިގެން ހުރީ މަސްބާނާ ދާ ގަނޑެއް

Author
ފާތިމަތު ނާވީ
01 އޭޕްރިލް 2023 05:06
0

ނިވާކަން ކުޑަކޮށް ހެދުން އެޅުމަށް މަޝްހޫރު އުރްފީ ޖާވެދް މުޅިން ތަފާތު ހެދުމެއް ލައި އެންމެން ސިއްސުވައިލައިފިއެވެ.

މީގެ ކުރިންވެސް ނިވާކަން ކުޑަކޮން ހެދުން އެޅުމުގެ ސަބަބުން ފުލުހަށްވެސް ހާޒިރު ކޮށްފައިވާ ބަތަލާގެ ހެދުން އެޅުމަށް ދުވަހެއް ދުވަހެއް އަންނަނީ އިތުރަށް ގޯސްވަމުންނެވެ. އެގޮތުން އޭނާ ވަނީ އަނެއްކައިވެސް ތަފާތު ހެދުމެއް އަޅައިފައިއެވެ.

މިފަހަރުގެ ޑިޒައިނަކީ މަސްބާނާ ދަލެކެވެ. މަސްބާނާ ދަލެއް ބޭނުން ކޮށްގެން ނިވާވުމެއް ނެއް ހެދުމައި ލައި އޭނާ ވަނީ ނޫސްވެރިންގެ ކުރިމަށްޗަށް ނުކުމެ ފޮޓޯ ނެގުމަށް ޕޯސްވެސް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by ETimes TV (@etimes_tv)

މި ހެދުމާއި ހެދި މީމްސްތަށް ވެސް އަންނަނީ ހަދަމުންނެވެ. މީ އަބަދުވެސް ނިވާކަން ކުޑަ ހެދުން އަޅައިގެން ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދާ ބަތަލާގެ އައު އުކުޅެއް ކަމަށް ބެލެވެއެވެ.

އާންމު ދިރިއުޅުމުގައިވެސް ވަރަށް ނިވާކަން ކުޑަ ހެދުން އަޅާ އުރްފީ މަޝްހޫރު ވެފައި ވަނީވެސް ހެދުން ނުލައި އުޅޭ މީހެއްގެ ގޮތުގައިއެވެ. އުރްފީ ބުނާ ގޮތުގައި އޭނާ ހެދުން އަޅާމިންގަޑަކީ ގާނޫން ހުއްދަ ކުރާ މިންގަޑު ކަމަށެވެ. އަދި  އޭނާ ހެދުން ނުލަނީ އެލާޖިކްވާތީއެވެ. އޭނާ ވަނީ ހެދުން ލުމުން އަލާޖިވޭ ކަމަށް ބުނެ ފޮޓޯއެއް ވެސް އާންމު ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Uorfi (@urf7i)

ބައެއް ސިލްސިލާ ޑްރާމާ ތަކުން ފެނިގެން ގޮސްފައިވާ އުރްފީ އަކީ މިހާތަނަށް އޭނާގެ އެކްޓިންގެ ކެރިއަރުގައި މާބޮޑު ކާމިޔާބެއް ހޯދިފައިވާ މީހެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ "ޗަންދުރާ ނަންދިނީ" އާއި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހެ" އަދި "ކަސޯޓީ ޒިންދަގީ ކޭ" ގައިވެސް ކުޑަ ރޯލަކުން ފެނިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރައްޔިތު އަހުމަދު
މަސްބާނާ ދަލެއް ނުހުންނާނެ. ދަލަކީ މަސްހިފަން ބޭނުންކުރާ އެއްޗެއް. މަސްބޭނުމާއި މަސްހިފުން އެއީ ދެކަމެއް. ނޫސްވެރިކަމުގެ ލިޔުންތެރިކަން މިވަރަށް ވެއްޓުނީމަ ހިތާމަ ކުރަން.
ނ ނިމާ
އެބުނާހެން، ހެޔޮނުވާނެ މިޤައުމު ސަލާމަތްކޮށްދީބަލަ! މިތަނުގެ ވާހަކަ މިހާރު ދައްކަން ހެޔޮވާވަރެއް ނޫން. މިކަހަލަ އޮރިއާން ފޮޓޯތައް މިޤައުމިގެ ނޫސްތަކަށް އަރުވަމުންގޮސް މުޅި މި ދިވެހި ޤައުމިގެ ކަރާމާތާ އިސްތިޤުލާލު ހަލާކުވެ މިއޮތްގެން ޣަރަޤުވަނީނު! އަދިބެސް ހޭ ނުޖެހި ތިބެންވީތަ؟
ނ ނައީމް
ރޯދަ މަހު ވެސް މި އޮރިޔާން ކާޑު ގެނެސްދޭ ޙަބަރު އޮންލައިން ގެ ކަންތައް މާ މައްޗަށް މިދަނީ. އުރުފީ އަކީ އޮރިޔާން ފޮޓޯ ނަގާ އަންހެނެއް ކަން އެނގޭ އިރުވެސް މި ސަކާރަތެއް އެބަ ޖަހާ.