އިނގިރޭސިވިލާތުގައި ސަޕޯޓަރުން ވައްދާ ފުރަތަމަ ކުލަބަކަށް އާސެނަލް

އިނގިރޭސިވިލާތުގައި ސަޕޯޓަރުން ވައްދާ ފުރަތަމަ ކުލަބަކަށް އާސެނަލް

Author
އިބްރާހީމް ސާޢިދު
29 ނޮވެމްބަރ 2020 07:27
0

ޕްރިމިއާ ލީގްގެ ކުލަބުތަކުގެ ތެރެއިން އެންމެ ފުރަތަމަ ދަނޑަށް ސަޕޯޓަރުން ވައްދާނެ ކުލަބަކީ އާސެނަލްކަން އިއުލާންކޮށްފި އެވެ.

އިނގިރޭސި ވިލާތުގައި ދެ ވަނަ ލޮކްޑައުން ޑިސެމްބަރު ދޭއް ގައި ނިމުން ލުއި ތަކެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ދަނޑަށް ސަޕޯޓަރުން ވެއްދުމުގެ ހުއްދަ ދިނުމުގެ ފެހި ސިގުނަލްވެސް ވަނީ ލިބިފަ އެވެ.

ޔޫރޮޕާ ލީގްގައި އަންނަ ބުރާސްފަތި ދުވަހު، އޮސްޓްރިއާ ރެޕިޑް ވިއޭނާ އާ ދެކޮޅަށް އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލް ކުޅޭ މެޗުގައި ސަޕޯޓަރުންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ. ކޮވިޑް-19ގެ ސަބަބުން މާޗް މަހު ފުޓްބޯޅައިގެ ހަރަކާތްތައް މެދުކަނޑާލި ފަހު އިންގްލެންޑްގައި ސަޕޯޓަރުން ދަނޑަށް ވައްދައިގެން މެޗު ކުޅެފައެއް ނުވެއެވެ.

އާސެނަލް އަށް އެ ފުރުސަތު ދިނުމުން ލީޑްސް ޔުނައިޓެޑްގެ ކޯޗް މާސެލޯ ބިއެލްސާ ހުރީ ހިތްހަމަނުޖެހިފަ އެވެ. އާޖެންޓީނާގެ ކޯޗް ބުނީ ވަކި ކެޓަގަރީއެއްގެ ކުލަބަކަށް ވީތީ ފުރުސަތު ދިނުމަކީ އިންސާފު ވެރި ގޮތް ނޫން ކަމަށާއި ކުލަބުތަކުގެ މެދުގައި ހަމަހަމަކަން ގެންގުޅެން ޖެހޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.