އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހުވެސް ޖޭޕީން ވަކިވެ ރައީސް ފަޅިއަށް

އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހުވެސް ޖޭޕީން ވަކިވެ ރައީސް ފަޅިއަށް

Author
ހުސެއިން
30 މާރޗް 2023 11:02
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދުކޮށް، ޖޭޕީގެ ސްލޮޓުގައި އެމްޑަބްލިއުއެސްސީގެ އެމްޑީކަމުގެ މަގާމްގައި ހުންނެވި ހަސަން ޝާހުވެސް ޖޭޕީން ވަކިވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް މަސައްކަތް ކޮށްދިނުމަށްޓަކާ ޖޭޕީން ވަކިވިކަން އަންގާ އެޕާޓީގެ ލީޑަރ ގާސިމް އިބުރާހިމަށް ފޮނުއްވި ސިޓީގައި ޝާހު ވިދާޅުވެފައިވަނީ ހިނގަމުންދާ ރިޔާސީ ދައުރުގައި ރައީސް ސާލިހު ދައްކަވައި ދެއްވާފައިވަނީ ގައުމުގެ ހަމަޖެހުމާއި އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމާއި ތަރައްގީ ކަމުގައެވެ.

އެހެންކަމުން 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް ސިޓީގައި ޝާހު ވިދާޅުވެފައި ވެއެވެ.

ޖޭޕީން ޝާހު އިސްތިއުފާ ދެއްވާފައި ވާއިރު، އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމްވެސް ވަނީ، ރައީސް ސާލިހަށް ތާއީދުކޮށް ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް އާޒިމް ގާސިމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، ގާސިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، ރައީސް ސާލިހު ރާއްޖޭގެ ވެރިކަމަށް ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަކީ މިވަގުތަށް އެންމެ ރަގަޅު ގޮތްކަމަށް ފެނިވަޑައިގަންނަވާތީ އެކަމަށް މަސައްކަތް ކުރެއްވުމުގެ ގޮތުންނާއި އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީގެ ފަރާތުން ވެރިކަމަށް ކުރިމަތި ލެއްވުމަށް ގާސިމް އިބުރާހިމް ނިންމަވާފައި ވާތީ ކަމުގައެވެ.

ހަސަން ޝާހު މިރޭ ޖޭޕީން ވަކިވެފައިވާއިރު، ގާސިމް އިބުރާހިމް މިހާރުވަނީ ޖޭޕީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައެވެ. އަދި ގާސިމް ގެންދަވަނީ ކޯލިޝަން ހެދުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާއެކީ މަޝްވަރާ ކުރައްވަމުންނެވެ.

އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ގާސިމް އިބުރާހިމްއާއި ކޯލިޝަން ހެދުމަށް މަޝްވަރާތައް ފެށުމާއެކު، އެ މަޝްވަރާތަކުގައި އިސްކޮށް ތިއްބެވި ބޭފުޅުން މިހާރުވަނީ ރައީސް ސާލިހުގެ ސަރުކާރުގެ ވަޒީފާތަކުން ވަކިކޮށްފައެވެ.

އޭގެ ތެރޭގައި އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި ހުސެއިން އަމްރުއާއި، ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒުއާއި އެގްރޯ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި ހާރޫން ރަޝީދުވެސް ހިމެނެއެވެ. އޭގެ އިތުރުންވެސް ނަޝީދުގެ ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތަށް ތާއީދުކުރާ، އެމްޑީޕީގެ އެހެން ބައެއް މެމްބަރުންވެސް މިހާރު ވަނީ ވަޒީފަތަކުން ވަކިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުސޭނުބެ
ސާހް އަށް ވެސް އަދި ބޮލެއް ހުރި ކޮންމެ މީހަކަށްވެސް، މިއުޅެނީ ބަޔަކު ގާސިމްގެ ބޮލަށް ވަދެގެން މޮޔަ ހައްދައިގެންކަން އެގޭނެއެވެ. ހަމަހޭގައި މިތިބަ މުސްލިމް ދިވެހިން ރާއްޖޭގައި އެންމެ ގިނައިން ރާ ވިއްކާ ސްޕާ ހިންގާ މީހާއަށް ވެރިކަމަށް ވޯޓެއް ނުދޭނެއެވެ. ދިވެހިންގެ ދީނެއް ފައިސާއަކަށް ނުވިއްކާނެއެވެ.