އަރުޖުންގެ ކޮއްކޮ ލޯބިވެރިއާ އާއި އެކު ރާއްޖޭގައި

އަރުޖުންގެ ކޮއްކޮ ލޯބިވެރިއާ އާއި އެކު ރާއްޖޭގައި

Author
ފާތިމަތު ނާވީ
30 މާރޗް 2023 09:39
0

މަޝްހޫރު އެކްޓަރު އަރުޖުން ކަޕޫރުގެ ކޮއްކޮ އަންޝުލާ ކަޕޫރު ސްކްރީން ރައިޓަރު ރޯހަން ތަކްކަރްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް ދާދި ފަހުން އޭނާ ވަނީ ރޯހަންއާ އޮތް ގުޅުން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

އަންޝުލާ އޭނާގެ އިންސްޓަގްރާމް ގައި އޭނާގެ ލޯބިވެރިޔާއާ އެކު ނަގާފައިވާ ލޯބީގެ ފޮޓޯއެއް ހިއްސާކޮށްފައިވާއިރު، އެ ފޮޓޯއިން ފެންނަނީ އިންފިނިޓީ ޕޫލެއްގައި އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން ހުއްޓައިއެވެ.

އަދި ފޮޓޯ ދޫކޮށްލަމުން ކެޕްޝަންގައި އޭނާ ލިޔެފައި ވަނީ "366″ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ދެމީހުން ރާއްޖެ އައިސްފައިވަނީ އެމީހުންގެ ގުޅުމަށް އެއް އަހަރު ފުރުން ފާހަގަކުރުމަށެވެ. އެމީހުން ޗުއްޓީ ހޭދަ ކުރަމުން ދަނީ ކުޑަ ވިލިނގިލި ރިސޯޓްގައިއެވެ.

 

View this post on Instagram

 

A post shared by Anshula Kapoor (@anshulakapoor)

މި ފޮޓޯ ހިއްސާ ކުރުމާއި އެކުގައި ކަޕުރު ހާންދާންގެ ގިން ބަޔަކު ވަނީ މި ފޮޓޯއަށް ކޮމެންޓް ކޮށްފައިއެވެ. އަދި ރެޑް ހާޓް އިމޯޖީ ވަނީ ފޮނުވައިފައިއެވެ. އޭގެ ތެރޭގައި ޖާންވީ ކަޕުރު މަހީޕް ކަޕޫރު ހިމެނެއެވެ.

އަންޝުލާ އަކީ ޑައިރެކްޓަރު ބޯނޭ ކަޕުރު ގެ ފުރަތަމަ ކައިވެނިން ލިބުނު ކުއްޖެކެވެ. އެބަނޑަށް ހުންނަނި އަރުޖުން އާއި އަންޝުލާއެވެ. ބޯނޭގެ ދެވަނަ ކައިވެނި މަޝްހޫރު ބަތަލާ ސްރީދޭވީ އާއި ކުރި އިރުގައި އެކައިވެންޏަށް ވަނީ ދެ އަންހެން ކުދިން ލިބިފައިއެވެ. އެއީ ހުޝީ އަދި ޖާންވީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.