އާމިރުގެ އެންމެ ފަހުގެ ފިލްމް "ލާލް ސިންގް ޗައްޑާ" ފްލްޕް ވުމާއި ގުޅިގެން އޭނާ މިޙާރު ހުރީ ހިތް ހަލާކުވެގެން ބްރޭކެއްގައިއެވެ. ވަރަށް އުންމީދީ ފިލްމް އެއްގެ ގޮތުގައި ބެލެވުން އާމިރުއާއި ކަރީނާގެ ފިލްމް ފްލޮޕް ވުމުން އަހަރު ދުވަހުގެ ޗުއްޓީގައި އޭނާ މިވަގުތު ހުރީ އާއިލާ އަށް ވަގުތު ދިނުމަށް ކަމަށް ބުނެއެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ޓިނޭޖް ދަރިން ތަށް ބޮލީވުޑްއަށް ތައާރަފް ވަމުން އަންނަ އިރުގައި މަޝްހޫރު އެކްޓަރު އާމިރު ހާންގެ ފިރިހެން ދަރިފުޅު ޖުނައިދު ހާން އާއި ބޮލީވުޑްގެ އެފަދަ ދެވަނައެއް ނެތް ބަތަލާ މަރުހޫމާ ސްރީދޭވީ ގެ ހަގު ދަރިފުޅު ހުޝީ ކަޕޫރު އެކުގައި ފިލްމް އަކަށް ސޮއި ކޮށްފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ތަމަޅަ ފިލްމު "ލަވް ޓުޑޭ" ގެ ހިންދީ ރިމޭކް ކަމަށެވެ. ބޮލީވުޑް ލައިފުން ބުނި ގޮތުގައި ޕްރަދީޕް ރަންގަނާތަން ލިޔެ، ޑައިރެކްޓްކޮށް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރި ފިލްމުގެ ރައިޓްސް ހޯދާފައި ވަނީ ޕްރޮޑިއުސަރު މަދޫ މަންޓޭނާގެ ފޭންޓަމް ސްޓޫޑިއޯސްއިންނެވެ.

ޕެންޓަމް ސްޓޫޑިއޯ އިން ޕްރޮޑީއުސްކުރާ މި ފިލްމު މިއަހަރުގެ ފަހުކޮޅު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް މިއީ ޖުނައިދު ބޮލީވުޑަށް ތައާރަފްވާ ފިލްމެއް ނޫނެވެ. އޭނާ ތައާރަފްވާނީ ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ "މަހާރާޖާ" އިންނެވެ. އަދި ހުޝީ، 22، ގެ ފުރަތަމަ ފިލްމަކީ ޝޫޓިން ނިންމާފައި އޮތް ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ "ދަ އާޗީސް" އެވެ.
ކޮމެންޓު ފޮނުވާ