ފެބްރުއަރީމަހު ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރު ކުރީ އަހަރުގެ މުއްދަތާއި އަޅާ ބަލާއިރު އިތުރު

ފެބްރުއަރީމަހު ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރު ކުރީ އަހަރުގެ މުއްދަތާއި އަޅާ ބަލާއިރު އިތުރު

Author
އަޒްފާ ރަޝީދު
29 މާރޗް 2023 09:23
0

ފާއިތުވި ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާ ބަލާއިރު، 18 އިންސައްތަ އިތުރުވެފައިވާކަމަށް ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ފެބްރުއަރީ މަހު ކަސްޓަމްސް މެދުވެރިކޮށް ރާއްޖެއަަށް 3.6 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހު މި އަދަދު ވަނީ 4.2 މިލިއަނަށް ރުފިޔާ އިތުރުވެފައިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާ ބަލާއިރު، މިއަހަރުގެ ފެބްރުއަރީ މަހު ކަސްޓަމްސްއިން ދައުލަތަށް ލިބުނު އާމްދަނީ ވަނީ 8 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހު އެކްސްޕޯޓްވެސް ގާތްގަނޑަކަށް %1 ވަނީ ދަށަށް ގޮސްފައެވެ.

ނިމިދިޔަ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދަލުގެ އެފް.އޯ.ބީ އަގު އުޅެނީ 233 މިލިއަން ރުފިޔާގައެވެ. މިއަހަރު އެއަގު އުޅެނީ 231 މިލިއަށް ރުފިޔާގައެވެ. މިއީ 0.9 އިންސައްތަ ގެ ދަށް ވުމެކެވެ. އެކްސްޕޯޓް ދަށްވި ނަމަވެސް މިއަހަރުގެ އިމްޕޯޓް ވަނީ 18 އިންސައްތަ އުފުލިފައެވެ. މިގޮތުން މިއަހަރު ރާއްޖެއަށް އެތެރެ ކުރި މުދަލުގެ އަގު ނުވަތަ ސީ.އައި.އެފް އަގު އުޅެނީ 4.2 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރު މިމުއްދަތުގައި އެތެރެކޮށްފައިވަނީ 3.6 ބިލިއަން ރުފިޔާގެ މުދަލެވެ.

އިމްޕޯޓް އުފުލިފައިވާއިރު އެންމެ ގިނައިން މިދިޔަމަހުވެސް މުދާ އެތެރެކޮށްފައިވަނީ އިންޑިއާއިންނެވެ. މިގޮތުން އިނޑީއާއިން 675 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނައިން މުދާ މިދިޔަ މަހު އެތެރެކުރި އޮމާންއިން ކޮށްފައިވަނީ 642 މިލިއަން ރުފިޔާގެ މުދަލެވެ. އެންމެ ގިނައިން ރާއްޖެއިން މުދާ ބޭރުކޮށްފައިވަނީ ތައިލޭނޑަށެވެ. އެގޮތުން އެކްސްޕޯޓްގެ ދެބައިކުޅަ އެއްބައި އެޤައުމު ހިއްސާ ކުރެއެވެ. ދެން އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ޔޫރަޕުގެ ޤައުމުތަކަށާއި އެމެރިކާއަށެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރު ފެބްރުއަރީ މަހު 19،499 ޑިކްލެރޭޝަން ކްލިއަރ ކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ކުރި 17،600 ޑިކްލެރޭޝަނަށް ވުރެ އިތުރު އަދަދެކެވެ. މިއާއެކު މިއަހަރު ފެބްރުއަރީ މަހު ރޯޔަލްޓީގެ ގޮތުގައި 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.