އަަހަރެން ގެ ޒުވާން ކަމުގެ ސިއްރަކީ އަރުޖުން: މަލައިކާ

އަަހަރެން ގެ ޒުވާން ކަމުގެ ސިއްރަކީ އަރުޖުން: މަލައިކާ

Author
ފާތިމަތު ނާވީ
31 މާރޗް 2023 06:01
0

ބަތަލާ މަލައިކާ އަރޯރާ އޭނާ ޒުވާން ކަމުގެ ސިއްރަކީ ޒުވާން ލޯބިވެރިއާ އަރުޖުން ކަޕޫރު ކަމަށް ބުނެފިއެވެ. މުރުގެ ފަރަގު ބޮޑު ކަމުގެ ސަބަބުން ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރަ ލިބޭ މި ޖޯޑަކީ ވަރަށް ލޯބިން އުޅޭ ޖޯޑެކެވެ.

އޭނާއަށް ވުރެ މާ ހަގު ފިރިހެނަކާ ލޯބީގެ ގޮތުން ގުޅެވުނު ކަމީ އޭނާގެ ހަޔާތަށް ލިބުނު 'އަޖައިބެއް' ކަހަލަ ކަމެއްގެ ގޮތުގައި ސިފަކޮށް މަލައިކާ ބުނީ އެއީ އޭނާ އަށް އިހުސާސް ވަނީ މިހާރު އުމުރަށް ވުރެ އެތަށް ތަނެއް އޭނާ ޒުވާން ވެފައި ވާހެއް ކަމަށެވެ.

މަލައިކާ އާއި އަރުޖުން ގެ ދެމެދުގައި 12 އަހަރުގެ އުމުރުގެ ފަރަގު ހުރެއެވެ. މީގެ އިތުރުން މަލައިކާ އަކީ އުމުރުން 20 އަހަރުގެ ފިރިހެން ކުއްޖެއްގެ މަންމަ އެކެވެ.

 

View this post on Instagram

 

A post shared by Malaika Arora (@malaikaaroraofficial)

މަލައިކާ ގެ އަލަތު ކައިވެނި ކުރެވިގެން ދިއައީ 1998ގައި އެކްޓަރު އަރުބާޒް ހާންއާއިއެވެ. އެއީ ސްޕަސްޓާރު ސަލްމާން ހާންގެ ކޮއްކޮއެވެ. ނަމަވެސް އެމީހުން ގެ ގުޅުން ނިމުމަކަށް އައީ 2017 ވަނަ އަހރުގައިއެވެ. ބުނެވޭ ގޮތުގައި އެމީހުންގެ ކައިވެނި ރޫޅާލަން ޖެހުނި އަރުޖުން ދެކެ މަލައިކާ އަށް ލޯބި ވެވި ދުރުނުވުމުގެ ސަބަބުންނެވެ.

 

View this post on Instagram

 

A post shared by Arjun Kapoor (@arjunkapoor)

މީޑީއާ ތަކުން ބުނާގޮތުގައި މަލައިކާ އާއި އަރުޖުންގެ ގުޅުން މިހާރު ވަރަށް ސީރިއަސް އެވެ. އަދި އެމީހުން މިހާރު ވިސްނަމުން އަންނަނީ ކައިވެނި ކުރާށެވެ. އަދި މިއަހަރުގައި ކައިވެނި ކުރާނެ ކަމަށް ހަބަރުތަށް ބުނެއެވެ.

އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން މަލައިކާ ބުނެފައިވަނީ އޭނާ މިހާރު އުޅެނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. އަރުޖުން އާއި އެކުގައި އުޅެމުން އަންނަ އިރުގައި ހީވަނީ ކައިވެނީގެ ކުރީ ކޮޅު އުޅެވޭ ހެން ކަމަށް ވެސް އޭނާ ވަނި ބުނެފައިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.