ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ މަޤާމަށް މ. ބަނަފްސާވިލާ, އިބްރާހީމް ވަޙީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
އިބްރާހިމް ވަޙީދު މަޤާމަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އިބުރޭ ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަން ކުރިއިރު، މިއަދުވަނީ ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒު މަޤާމުން ވަކިކޮށްފައެވެ.
އިބްރާހިމް ވަހީދަކީ، 2009އިން 2012އަށް ސަރުކާރުގެ އިސްމަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ. މިގޮތުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީގެ މަޤާމާއި، ނެޝަނަލް ސޯޝަޕް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަޤާމު އިބްރާހިމް ވަހީދު ވަނީ ފުރުއްވާފައެވެ. އަދި ފެނަކަކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރގެ މަޤާމާއި، އެކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަޤާމުވެސް އޭނާ ފުރުއްވާފައިވެއެވެ.
މީގެ އިތުރުން 2007 އިން 2018އަށް މޯލްޑިވުސް ސްޓޮކް އެކްސްޗޭންޖްގެ ކޮމްޕެނީ ސެކްރެޓެރީގެ މަޤާމުވެސް އިބްރާހިމް ވަހީދު ފުރުއްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ