ކިއާރާ އާއި ރާމް ގެ ފިލްމް ގެ ނަމަކީ "ގޭމް ޗޭންޖާ"

ކިއާރާ އާއި ރާމް ގެ ފިލްމް ގެ ނަމަކީ "ގޭމް ޗޭންޖާ"

Author
ފާތިމަތު ނާވީ
28 މާރޗް 2023 09:22
0

ވަގުތީ ނަމެއްގެ ގޮތުގައި "އާރްސީ 15″ ގެ ނަން ދީގެން ހަދަމުން އަންނަ ފިލްމްގެ ނަން ހާމަކޮށްފިއެވެ. މި ފިލްމް އަކި ސައުތުގެ މަޝްހޫރު އެކްޓަރު ރާމް ޗަރަން އާއި ކިއާރާ އަދުވާނީ ލީޑުން ފެނިގެންދާ ފިލްމްއެކެވެ.

އިއްޔެ ފާހަގަ ކުރި ރާމްގެ އުފަންދުވަހާއި ގުޅުވައިގެން ފިލްމްގެ ޕޯސްޓަރާކާއި އެކުގައި ފިލްމް ގެ ނަން ވަނީ އިއުލާން ކޮށްފައިއެވެ. މި ޕޯސްތަރުގައި ފިލްމްގައި އޭނާ ފެނިގެންދާ ގޮތް ވަނީ ދައްކައިލައިފައިއެވެ. އެގޮތުން ފިލްމްގެ ނަމަކީ "ގޭމް ޗޭންޖާ" ކަން މި ޕޯސްޓަރުން ވަނީ އެނިގެން ގޮސްފައިއެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ވަރުގަދަ އެތައް ފިލްމެއް ގެނެސްދީފައިވާ އެސް ޝަންކަރެވެ. އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "ރޮބޮޓް" އާއި އޭގެ ސީކްއެލް "2.0″ އާއި "ނަޔަކް" ފަދަ ފިލްމް ތަށް ފާހަގަ ކުރެވެއެވެ.

 

View this post on Instagram

 

A post shared by Ram Charan (@alwaysramcharan)

އަނެއްކޮޅުން ރާމް އަކީ މުޅި އިންޑިއާގަިއ ވެސް މިހާރު ނަން ހިނގާ މަޝްހޫރު އެކްޓަރެކެވެ. އަދި މުޅި އިންޑިއާ ފަހުރުވެރި ކޮށްދީފައިވާ އެކްޓަރެއްވެސް މެއެވެ. އެގޮތުން އޭނާ އެންމެ ފަހުން ފެނިގެންދިއަ ފިލްމް "އާރްއާރްއާރް" ވަނި މުޅި ދުނިއެއަށް މަޝްހުރު ވެގެން ގޮސްފައިއެވެ. އެގޮތުން އިންޓަނޭޝަނަލް އެންމެ ޝަރަފުވެރި ދެ އެވޯޑް ކަމުގައިވާ ގޯލްޑެން ގްލޯބްސް އާއި އައިފާ އެވޯޑް މި ފިލްމްގެ ލަވަ "ނާޗޫ ނާޗޫ" އިން ވަނީ ހާސިލު ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Ram Charan (@alwaysramcharan)

"ގޭމް ޗޭންޖާ" އަކީ ޕޮލިޓިކަލް އެކްޝަން ތުރިލާއެކެވެ. މި ފިލްމް ރިލީޒް ކުރާ ތާރީހެއް އަދި ހާމައެއް ނުކުރެއެވެ. މި ފިލްމުގެ ބަތަލާ އަކީ ބޮލީވުޑްގައި މިހާރު ފިޔަ ޖަހަމުން އަންނަ ކިއާރާ އަދުވާނީ އެވެ. ކިއާރާ މީގެ ކުރިންވެސް ރާމް ޗަރަންއާއެކު ސައުތު އިންޑިއަން ފިލްމުތަކުން ވަނީ ފެނިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.