ގްރޭޓަރ މާލެ، ކަނެކްޓިވިޓީ ބްރިޖު ނުވަތަ މާލެއާއި ވިލިމާލެއާއި ގުޅިފަޅާއި ތިލަފުށި ގުޅާލުމަށް ތަރައްޤީކުރަމުންދާ ތިލަމާލެ، ބްރިޖުގެ މަސައްކަތްތަށް ގެނެސްފައި އޮތް ބޮޑު އުޅަނދު، ރުމެއިލާ ފޮނުވާލައިފިއެވެ.
މިޢުޅަނދު ފޮނުވާލުމާ ގުޅިގެން ބައެއް މީޑިއާތަކާއި ސޯޝަލް މިޑިއާގައި ވާހަކަ ފެތުރިފައިވަނީ އެއުޅަނދަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ފޮނުވާލަން ޖެހުނީކަމަށެވެ. އެއީ ކުއްޔަށް ނަގާފައިވާ އުޅަނދެކެވެ. އެހެންނަމަވެސް ބްރިޖްގެ ޕްރޮޖެކްޓް މެނޭޖަރާ ޙަވާލާދީ ބައެއް މިޑިއާތަކުގައި ބުނެފައިވަނީ އުޅަނދު ފޮނުވާލީ ފައިސާގެ މައްސަލައެއް ދިމާވެގެން ނޫންކަމަށެވެ. އެއީ އެއުޅަނދު ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތްތައް މިވަގުތަށް ނިމިފައިވާތީކަމުގައި ބުނެފައިވެއެވެ.
ފޮނުވާލި ބޮޑު އުޅަނދު "ރުމެއިލާ"އަކީ ކަނޑުގެ ފުން ހިސާބުތަކުގެ އަޑީގައި މަސައްކަތްކުރުމަށް ބޭނުންކުރާ އުޅަނދެކެވެ. ތިލަމާލެ ބްރިޖުގެ މަސައްކަތުގައި އެއުޅަނދު ބޭނުންކުރީ ކަނޑުގެ ފުން ހިސާބުތަކުގައި ތަނބުތައް ޖެހުމަށެވެ. މި ބުރިޖުގައި ޖުމުލަ 50 ތަނބު ޖަހަން ޖެހެއެވެ.
ކޮމެންޓު ފޮނުވާ