އެމްއެންޑީއެފްގެ ތަރުޖަމާނަކަށް މޭޖަރ ޙުސައިން ރަޝީދު

އެމްއެންޑީއެފްގެ ތަރުޖަމާނަކަށް މޭޖަރ ޙުސައިން ރަޝީދު

Author
މުޙައްމަދު ޝަޒައިމް
27 މާރޗް 2023 12:13
0

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރގެ މަޤާމަށް މޭޖަރ ޙުސައިން ރަޝީދު އައްޔަން ކުރައްވާފައިފިއެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކީ، ސިފައިންގެއާ ބެހޭ މަޢުލޫމާތު ރަސްމީކޮށް މީޑިއާތަކަށް ފޯރުކޮށްދޭ ފަރާތެވެ. ސިފައިންގެ މީހަކު އެމީހެއްގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން އެއްވެސް މީޑިއާއަކަށް މަޢުލޫމާތު ދިނުމަކީ މަނާކަމެކެވެ.

މިފަދަ މަޢުލޫމާތު، ދެވޭނީ އެކަމަށް ކަނޑައަޅާފައި ހުންނަ އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް، ނުވަތަ އެކަމަށް އިންޓަރގްރޭޓެޑް ހެޑްކްއޯޓަރޒްއިން ހުއްދަ ދެއްވާފައިވާ ފަރާތަކަށެވެ.

އޭނާ މިމަޤާމަށް ހަމަޖައްސާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް މޭޖަރ ޙުސައިން ރަޝީދު ހަމަޖައްސަވާފައިވަނީ، ކުރިން އެމަޤާމުގައި ހުންނެވި ކެޕްޓަން ޙަނާ މުޙައްމަދު ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.