ފުލުހުން ތަހްގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި ސުވާލު ކުރުމަށް މީހަކު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުހުންގެ ތަހްގީގަށް ހާޒިރުވާން އަންގާފައި ވަނީ ށ. ފުނަދޫ / ޑޭޒީމާ، އަޙްމަދު އަޝްރަފް (21އ) އެވެ. ފުލުހުންގެ ވެބްސައިޓްގައި މިއަދު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ އަޝްރަފް ފުލުހަށް ހާޒިރުވާން އިއުލާން ކުރީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.
އޭނާ ފުލުހުންގެ ތަހްގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އަޝްރަފް ފުލުހަށް ހާޒިރުވާން އިއުލާން ކުރީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ކަމަށެވެ.
އޭނާ ފުލުހަށް ހާޒިރު ކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށާއި އޭނާ ހާޒިރުވާން ޖެހޭނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން އޭޕްރީލް މަހުގެ ދެވަނަ ވަނަ ދުވަހުގެ މެންދުރު 14:00 އަށް ކަމަށް ވެސް ފުލުހުންގެ އިއުލާނުގައި ވެއެވެ.
ކޮމެންޓު ފޮނުވާ