2015 ވަނަ އަހަރު ގެނެސްދިން ސަލްމާން ހާންގެ ކާމިޔާބު ފިލްމް "ބަޖްރަންގީ ބައިޖާން"ގެ ދެވަނަ ބައިން ބަތަލާ ކަރީނާ ކަޕޫރަށް ފުރުސަތު ގެއްލިއްޖެ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
މި ފިލްމް އަކީ ސަލްމާން އާއި އެކުގައި ކަރީނާ ފެނިގެންދިއަ ވަރަށް ކާމިޔާބު ފިލްމްއެކެވެ. ނަމަވެސް ފިލްމް އިން ކަރީނާ ވަކިކޮށް އެ ފުރުސަތު ޕޫޖާ އަށް ދީފައިވާކަމަށް ފަހުގެ ހަބަރުތަށް އަންނަނީ ބުނަމުންނެވެ.
އަރަމުން އަންނަ ޒުވާން ބަތަލާ އަކީ ސަލްމާންގެ ކުރިއަށް އޮތް ފިލްމް "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ބަތަލާ އެވެ. މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނި ފިތުރު އީދަށެވެ. މި ފިލްމްގެ ދެ ލަވައެއްވެސް މިހާރު ވަނީ ބެލުންތެރިންނަށް ދުކޮށްލައިފައިއެވެ.
މި ފިލްމަކީ ސަލްމާނާއި ޕޫޖާގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. މި ދެ ތަރިން ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް ވެސް ދާދި ފަހުން އެރި އެވެ. ނަމަވެސް އެކަމާއި ބެހޭގޮތުން ދެތަރިން ކުރެ އެކަކުވެސް ވާހަކަ ދައްކައިފައިއެއް ނުވެއެވެ. ނަމަވެސް މިހާރު ސަލްމާން، ޕޫޖާ އަށް ގިނަ ފުރުސތުތަކެއް ފަހިކޮށްދޭން މަސައްކަތްކުރާ ކަމަށް ވެއެވެ. އަދި ދެތިން ފިލްމް އަކަށް ޕޫޖާ ނަގަން ސަލްމާން މަސައްކަތް ކުރާ ކަމަށް ހަބަރުތަށް ބުނެއެވެ.
މީގެ ކުރިން ސަލްމާން ލޯބީގެ ގޮތުން ގުޅުނު ތަރިންނާއި މެދުވެސް އޭނާ އަފަދައި ކަންކަން ކޮށްފައިވާކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އެެހެން ކަމުން ބޮޑަށް ބެލެވެނީ އެދެމީހުންގެ މެދުގައި ހާއްސަ ގުޅުމެއް އޮންނަނީ ކަމަށެވެ.
ކަބީރް ޚާން 2015 ގައި ގެނެސްދިން "ބަޖުރަންގީ ބައިޖާން" ގެ ސީކްއެލް "ޕަވަން ޕުތުރާ" ގެ ލީޑު ރޯލަށް ޕޫޖާ މިހާރު ނަގައިފައިވާ ކަމަށްވެއެވެ. 32 އަހަރުގެ ބަތަލާ މިފިލްމް އަށް ސޮއި ކުރި ކަމެއް އަދި ނޭގެއެވެ. ހަމަ އެއާއި އެކުގައި ފިލްމް އަދި ރަސްމީކޮން އިއުލާނެއްވެސް ނުކުރެއެވެ.
"ޕަވަން ޕުތުރާ" ގެ ސްކްރީންޕްލޭ ވެސް ލިޔަނީ "ބަޖްރަންގީ ބައިޖާން" ގެ ސްކްރީން ރައިޓަރު ކޭވީ ވިޖެޔންދުރަޕްރަސާދެވެ. އޭނަ އަކީ "އާރްއާރްއާރް އާއި "ބާހްބަލީ" ގެ ސްކްރީން ރައިޓަރު ވެސް މެ އެވެ. ނަމަވެސް މި ފިލްމް ޑައިރެކްޓް ކުރާނެ މީހެއް އަދި ނޭގެއެވެ. މީގެ އިތުރުން ފިލްމްގެ އިތުރު ކާސްޓެއްވެސް އަދި ނޭގެއެވެ.
ކޮމެންޓު ފޮނުވާ