"ކޭޑީ" އަކީ ޝިލްޕާގެ އައު ފިލްމް

"ކޭޑީ" އަކީ ޝިލްޕާގެ އައު ފިލްމް

Author
ފާތިމަތު ނާވީ
26 މާރޗް 2023 09:54
0

ބޮޑު ސްކްރީން އިން މިހާރު ވަރަށް ނުފެންނަ ކުރީގެ މަޝްހޫރު ބަތަލާ އަނެއްކައިވެސް އިތުރު ފިލްމް އަކަށް ސޮއިކޮށްފިއެވެ.

ފިލްމް އިއުލާން ކުރީ އެ ފިލްްމްގެ އައު ޕޯސްތަރަކާއި އެކުގައިއެވެ. މި ޕޯސްޓަރުގައި ފިލްމް އިން ޝިލްޕާ ފެނިގެންދާ ގޮތްވެސް ވަނީ ބެލުްނތެރިނަށް ދައްކައިލައިފައިއެވެ.

ފަސްޓްލުކް ދައްކާލާފައިވާ އިރު، މި ފިލްމަކީ ކަންނާޑާ އެކްޓަރު ދުރޫވް ސަރްޖާގެ "ކޭޑީ: ދަ ޑެވިލް" އެވެ. 1970ގެ އަހަރުތަކެއް ހާދިސާތަކެއް ދައްކުވައިދޭ ފިލްމުގައި ޝިލްޕާ ކުޅޭނީ ސަތިއަވަތީ ކިޔާ ކެރެކްޓާއެކެވެ.

47 އަހަރގެ ބަތަލާ އެންމެ ފަހުން ބޮޑު ސްކްރީން އިން ފެނުނީ 2021 ގެ "ހަންގާމާ" އިންނެވެ. ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިވި މި ފިލްމް އަކީ ދުވަސް ގަނޑަކަށް ފަހު ޝިލްޕާ އެނބުރި ބޮޑު ސްކްރީން އަށް އައި ފިލްމްވެސް މެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.