އަނަންނިޔާ އާއި އަދިއްތިޔާގެ ކައިވެނީގެ ވާހަކަތަށް ދެކެވެން ފަށައިފި

އަނަންނިޔާ އާއި އަދިއްތިޔާގެ ކައިވެނީގެ ވާހަކަތަށް ދެކެވެން ފަށައިފި

Author
ފާތިމަތު ނާވީ
25 މާރޗް 2023 06:34
0

ބޮލީވުޑްގައި މިހާރު ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކަ އަކީ ޒުވާން ބަތަލާ އަނަންނިޔާ ޕާންޑޭ އާއި އަދިއްތިޔާ ރޯއީ ކަޕޫރު ކައިވެނި ކުރަން އުޅޭ ކަމުގެ ވާހަކައެވެ.

މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް މި ދެމީހުން ކުރެ އެކަކަކުވެސް އެކަމަށް އެއްބަސް މިހާތަނަށް ވެފައިއެއް ނުވެއެވެ. އަދިހަމަ މިފަދައިން މި ވާހަކަ ދޮގުވެސް ކޮށްފައި އެއް ނުވެއެވެ.

ނަމަވެސް އެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް ބާރު ލިބޭ ގިނަ ކަންތަށް ތަކެއް މީޑިއާގެ ކުރިމަށްޗަށް އަންނަނީ ފެންނަމުންނެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ލެކްމޭ ފެޝަން ވީކް ގައި ޝޯ ޓޮޕާއިންގެ ގޮތުގައި ދެމީހުން އެކުގައި ފެނިގެން ދިއުމާއި ބޭރުތެރެއިން ފެނުންވެސް ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ މެޗްތަކެއް ވެސް ބަލަން އަނަންނިޔާ އާއި އަދިތިޔާ ގަތަރަށް އެކީގައި ދިޔަ އެވެ. އެ ދަތުރުގައި އެ މީހުންނާ އެކީ އަނަންޔާގެ ބައްޕަ އެކްޓަރު ޗަންކީ ޕާންޑޭ ވެސް ބައިވެރިވި އެވެ. އެހެން ކަމުން މި ގުޅުމާއި އަނަންނިޔާގެ އާއިލާގެ ފާރާތުން ވަރަށް ރުހޭ ކަން ހާމަވެއެވެ.

 

View this post on Instagram

 

A post shared by Filmfare (@filmfare)

ދެމީހުން ކުރެ އެކަކުވެސް ފާޅުގައި ރައްޓެހިވެގެން އުޅޭ ވާހަކަ ނުދެއްކި ނަމަވެސް އެދެމީހުންގެ އޮތީ ގާތް ރަހުމަތެރިއަކަސް ވުރެ ގާތް ގުޅުމެއް ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.

އަދިއްތިޔާ އެންމެ ފަހުން ފެނިގެން ދިއައީ ވެބް ސީރީ "ނައިޓް މެނޭޖާ" އިންނެވެ. އަނަންނިޔާ ބޮލީވުޑް އަށް ތައާރަފްވީ 2019 ވަނަ އަހަރުގެ ފިލްްމް "ސްޓޫޑެންޓް އޮފް ދި އިޔާ 2″ އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.