ބޮލީވުޑްގެ މަޝްހޫރު ފިލްމް މޭކާ ޕްރަދީޕް ސަރުކާރު މިއަދު މަރުވެއްޖެ އެވެ.
"ޕަރިނީތާ"، "ހެލިކޮޕްޓަރު" "އީލާ" އަދި "މަރުދާނީ" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރު މަރުވިކަން ޑައިރެކްޓަރު ހަންސަލް މެހެތާ ހުކުރު ދުވަހުގެ ހެނދުނު އޭނާގެ ޓްވިޓާ ހިއްސާކޮށްފައިވާއިރު ގިނަ އަދަދެއްގެ ތަރިން ވެސް ވަނީ އެމީހުންގެ ސޯޝަލް މީޑިއާގައި ހިތާމަ ފަޅުކޮށް ޕޯސްޓް ތަށް ކޮށްފައިއެވެ.
މީޑިއާތަކުން ބުނި ގޮތުގައި 68 އަހަރުގެ ޑައިރެކްޓަރު މަރުވީ ރޭ މެންމަދުގެ ވަގުތެއްގަ އެވެ. ޕްރަދީޕް މަރުވި އިރު، އޭނަ ގެންދިޔައީ ޑައިލިސިސް ހަދަމުންނެވެ. އޭނާ އަކީ ވަރަށް ކާމިޔާބު ފިލްމް ތަކެއް ޑައިރެކްޓް ކޮށްފައިވާ ޑައިރެކްޓަރެކެވެ.
Pradeep Sarkar. Dada. RIP. pic.twitter.com/htxK4PiTLN
— Hansal Mehta (@mehtahansal) March 24, 2023
އޭނަގެ އެންމެ ފަހުގެ ފިލްމަކީ ކާޖޮލްއާ އެކީ ގެނެސްދިން 2018 ގެ "ހެލިކޮޕްޓާ އީލާ" އެވެ. ޕްރަދީޕްގެ ޖަނާޒާ މިއަދުގެ ހަވީރުގެ ވަގިތެއްގައި ބާއްވައިފައިވާ އިރުގައި ގިނަ އަދަދެެއްގެ ބޮލީވުޑްގެ ތަރިން ވަނީ ބައިވެރިވެފައިއެވެ.
ކޮމެންޓު ފޮނުވާ