ސައުތު ފިލްމް ގެ ޝޫޓިން ޖާންވީ ފަށައިފި

ސައުތު ފިލްމް ގެ ޝޫޓިން ޖާންވީ ފަށައިފި

Author
ފާތިމަތު ނާވީ
23 މާރޗް 2023 12:17
0

ސައުތުގެ ފިލްމް އިންޑަސްޓްރީ އަށް ތައާރަފްވާ ފިލްމް "އެންޓީއާރް 30″ ގެ ޝޫޓިން ބޮލީވުޑްގެ ބަތަލާ ޖާންވީ ކަޕޫރު ފަށައިފި ކަން އޭނާ ކަށަވަރު ކޮށްދީފިއެވެ. 

އިއްޔެ މި ފިލްމްގެ ޝޫޓިން އޭނާ ފަށައިފައިވާ އިރުގައި މިކަން ކަށަވަރު ކޮށްދީ ޖާންވީ ވަނީ އޭނާގެ އިންސްތްގާޜަމްގައި ޕޯސްޓެއް ވެސް ކޯށްފައިއެވެ. މިއަދަކީ އުފާވެރި ދުވަހެއް ކަމަށާއި ހާއްސަ ދަތުރެއް ފެށިކަމަށް އޭނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

މިދިއަ އަހަރުގެ އެންމެ ކާމިޔާބު ފިލްމް "އާރްއާރްއާރް" ގެ އެއް ތަރި ކަމުގައިވާ އެންޓީއާރް ޖޫނިއާ ލީޑުން ފެނިގެންދާ މި ފިލްމްގެ ރޯލެއް ޖާންވީ އަށް ލިބިފައިވާ އިރުގައި މީ ލީޑް ބަތަލާގެ ރޯލު ކަމެއް ނުވަތަ އެހެން ރޯލެއް ކަމެއް އަދި މިހާތަނަށް ހާމަވެފައި އެއް ނުވެއެވެ.

ވަގުތީ ގޮތުން އަދި ފިލްމް އަށް ދީފައިވާ ނަމަކީ "އެންޓީއާރް 30″ އެވެ. މި ފިލްމް އަށް ވަގުތީ ގޮތުން އެނަން ދީފައި ވަނީ މި އީ އެންޓީއާރްގެ 30 ވަނަ ޕްރޮޖެކްޓަށްވާތީ އެވެ. މި ފިލްމް ގެ ޑައިރެކްޓަރަކީ ކޮރަތަލާ ސިވާ އެވެ. އަދި މި ފިލްމު ހިންދީ ބަހާއި ތަމަޅަ ބަހާއި މަލަޔާޅަމް ބަހުން ވެސް ގެނެސްދޭނެ އެވެެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.