މިއަހަރުގެ އެކި ދުވަސްވަރު މަތިންވެސް މަރުގެ އިންޒާރު ލިބުމާއި އެކުގައި ބޮލީވުޑްގެ އެންމެ ވަރުގަދަ އަދި އެންމެ ނުފޫޒު ގަދަ އެއް ސްޕްސްޓާރު ސަލްމާން ހާން ވަނީ އެކި ފަހަރުމަތިން އޭނާގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިއެވެ.
އެގޮތުން އަނެއްކައި ވެސް މަރުގެ އިންޒާރުތަކެއް ލިބެން ފެށުމާ ގުޅިގެން މުމްބާއީގެ ފުލުހުން ސަލަމާންގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ. އެގޮތުން މުމްބާއީގެ ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓް ސަރަހައްދުގައި އިއްޔެއިން ފެށިގެން ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައިއެވެ.
އިއްޔެ އިން ފެށިގެން އޮންލައިން ކޮށް ސަލްމާން އަށް އަންނަނީ މަރުގެ އިންޒާރު ލިބެމުނެނެވެ. އެގޮތުން އީމެއިލްތަކެއް މެދުވެރިކޮށް، ފުލު ފުލުން އަންނަން ފެށި އިންޒާރު ގެ ސަބަބުން ސަލްމާން ވަނީ އެ މައްސަލަ ބަންޑްރާ ޕޮލިސް ސްޓޭޝަނަށް ހުށައަޅާފައިއެވެ. އެއާ އެކުގައި ސަލްމާންގެ ސެކިއުރިޓީ ފުލިހުން ވަނީ ވަރުގަދަ ކޮށްފައިއެވެ.
ސަލްމާން އަށް މި ފަހަރުވެސް އިންޒާރު ދީފައިވަނީ މީގެ ކުރިން ވެސް އޭނާ އަށް އިންޒާރު އިންޒާރު ދެމުން އަންނަ ގޭންގްސްޓާރުން ކަމަށްވާ ލޯރެންސް ބިޝޯނީ އާއި ގޯލްޑީ ބްރާރާއި އެ މީހުންގެ އައުވާނުންތަކެއް މެދުވެރިކޮށް ކަމަށް ފުލުހުން ބުންނެއެވެ.
57 އަހަރުގެ އެކްޓަރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ޕްރޮމޯޝަންގައިއެވެ. މީގެ އިތުރުން ސަލްމާން ގެ ވަރަށް އުންމީދީ ފިލްމް އެއް ކަމުގައިވާ އޭނާގެ "ޓައިގާ" ގެ ފްރެންޗައިޒް ގެ ތިންވަނަ ފިލްމް "ޓައިގާ 3″ ވެސް މިއަހަރު ވަނީ ސިނަމާތަކަށް ގެނައުމަށް ތާވަލް ކޮށްފައިއެވެ.
ކޮމެންޓު ފޮނުވާ