މަޝްހޫރު ފްރެންޗައިޒް "ހޭރާ ޕޭރީ " ގެ ތިންވަނަ ފިލްމް "ހޭރާ ޕޭރީ 3″ ގައި ސަންޖޭ ދަތު ފެނިިގެންދާނީ ލޮލަށް ނުފެންނަ މީހެއްގެ ގޮތުގައި ކަމަށް އޭނާ ބުނެފިއެވެ.
މި ފިލްމް ގެ ރޯލެއް ސަންޖޭ ކުޅޭކަން ފިލްްމްގެ ލީޑުން ފެނިގެންދާ އެއް އެކްޓަރު ސުނިލް ޝެޓީ ވަނީ މިމަހުގެ ކުރީކޮޅުގައި ކަޑށަވަރު ކޮށްދީފައިއެވެ. ސުނިލް ބުނީ ސަންޖޭ މި ފިލްމްއާއި ގުޅޭތީ ފިލްމް އިތުރަށް ފުރިހަމަ ވެގެން ދާނެކަމަށެވެ.
މި ފިލްމް ގައި އޭނާ ކުޅެނީ ލޮލަށް ނުފެންނަ މީހެއްގެ ރޯލުކަން ކަށަވަރު ކޮށްދެމުން 63 އަހަރުގެ އެކްޓަރު ބުނީ އޭނަ އަށް ކުޅެން ލިބުނީ ލޯފަން ޑޮންއެއްގެ ރޯލު ކަމަށެވެ. އަދި "ހީރާ ޕޭރީ 3″ އިން ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށް ސަންޖޭ ބުންޏެވެ.
މިއީ އަކްޝޭ އާއި ސުނިލް ޝެޓީގެ އިތުރުން ޕަރޭޝް ރާވަލާ އެކު ގެނެސްދެމުން ވަރަށް މަޖާ ފިލްމްއެކެވެ. "ހީރާ ޕޭރީ" ގެ ފުރަތަމަ ބައި 2000 ވަނަ އަހަރު ގެނެސްދިނުމަށް ފަހު، "ޕިރް ހީރާ ޕޭރީ" ގެނެސްދިނީ 2006 ގަ އެވެ. ފުރަތަމަ ބައި ޑައިރެކްޓްކުރީ ޕްރިޔަދަރުޝަނެވެ. ދެވަނަ ބައި ހެދީ 2017 ގައި މަރުވި ނީރަޖް ވޯރާ އެވެ.
ކޮމެންޓު ފޮނުވާ