މަލޭ މަގުމަތީގައި ރޯދައާއި ދިމާކޮށް ކުނި ގިނަވާތީ އީޕީއޭއިން ކަންބޮޑުވުން ފާޅުކޮށްފި

މަލޭ މަގުމަތީގައި ރޯދައާއި ދިމާކޮށް ކުނި ގިނަވާތީ އީޕީއޭއިން ކަންބޮޑުވުން ފާޅުކޮށްފި

Author
ހުސެއިން
19 މާރޗް 2023 05:44
0

މާލޭގެ މަގުމަތީގައި ކުނި ބަހައްޓާ އަދަދު އިތުރުވެފައިވާތީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އީޕީއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދިގެންދާ ކަމަށާއި މިގޮތުން އުފެދޭ ކުނި މަގުމައްޗަށާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މާލޭގެ މަގުމަތީގައި ކުނި ބެހެއްޓުމަކީ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ މީހުންނަށް ނުހަނު ބޮޑެތި ދަތިތައް ދިމާވެ އަދި ސިއްހީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށްވާތީ މަގުމައްޗަށާއި ހުސްކޮށް ހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނި ނޭޅުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ

މިބަޔާނުގައި ވަނީ އީޕީއޭގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް ތަނަކަށް ކުނި އެޅުމާއި އުކުމަކީ ކުނި މެނޭޖުކުރުމާއި ބެހޭ ގަވާއިދުގެ ދަށުން މަނާ ކަމެއްކަން ހަނދާންވެސް ކޮށްދީފަ އެވެ.

އެހެންކަމުން އެންމެހާ ފަރާތްތަކުންވެސް ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދާ އެއްގޮތަށް ކުނި މެނޭޖު ކުރުމަށާއި އަދި މަގުތަކާއި، އާންމު ސަރަހައްދުތަކަށް ކުނިބުނި އުކާލުމުގެ ބަދަލުގައި އެތަންތަން ސާފުކޮށް ބޭއްވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށް ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.