ފިލްމް ކުޅުން ހުއްޓާލުމަށް ފަހު ދީނީ އިލްމު ވެރިއާ މުފްތީ އަނަސް އާއި ކައިވެނި ކޮށް ފިލްމީ އިންޑަސްޓްރީ ދޫކޮށްލި ބަތަލާ ސަނާ ހާން އަލަތު ދަރިފުޅަށް ބަލިވެ އިންކަން ކަށަވަރު ކޮށްދީފިއެވެ.
ހައްޖު ގެ އަޅުކަމުގެ އިތުރުން އުމްރާގެ އަޅުކަން ވެސް އަަދާކޮށްފައިވާ ސަނާ އާއި އޭނާގެ ފިރިމީހާ ބައިވެރިވި ޝޯވ އެއް ގައި ވާހަކަ ދައްކަމުން ސަނާ ބުނި އޭނާ އިނީ އަލަތު ދަރިފުޅަށް ބަލިވެކަމުގައިއެވެ.
34 އަހަރުގެ ބަތަލާ އިގްރާ ޓީވީ އަށް ދިން މި އިންޓަވިއު ގައި އިތުރަށް ބުނީ އޭނަ ވިހާނީ އަންނަ ޖޫން މަހުގެ ތެރޭގައި ކަމަށެވެ. އަދި އެކަމާ އޭނާ ހުރީ އިންތިހާ އަށް އުފަލުން ކަމަށް ވެސް ބުނެފައިއެވެ.
ސަނާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމް ތަކުގައި މަސައްކަތް ކޮށްފައިއެވެ. އެގޮތުން "ވަޖާ ތުމް ހޯ" އާއި "ޖޭ ހޯ" އަދި "ހައްލާ ބޯލް" ފަދަ ފިލްމް ތަށް ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން އޭނާ ވަނީ "ހަތުރޯން ކޭ ކިލާޅީ" އާއި "ބިގް ބޮސް" ބޮޑެތި ރިއަލިޓީ ޝޯވ ތަކުގައި ބައިވެރިވެފައިއެވެ.
އެކްޓިން ކެރިއަރު ދޫކޮށް ބޮޑު ބަދަލެއް އޭނާގެ ހަޔާތަށް ވަނީ ގެނެސްފައިއެވެ. ކުރި ފެނުން ގޮތާއި ހިލާފަށް އޭނާ މިހާރު ފެނިގެން ދަނި ވަރަށް ބޮޑަށް ފޮރުވިގެން ހުއްޓައިއެވެ.
ފިލްމް ކުޅުން ދޫކޮށްލީ ތައުބާވެ، އިސްލާމް ދީނުގެ މަގަށް ރުޖޫއަވުމުގެ ގޮތުން ކަމަށް ސަނާ ބުނެއެވެ. އޭނާ އާއި މުފްތީ ކައިވެނި ކުރީ މީގެ ދެއަހަރު ކުރިން ނެވެ. އޭނާ ވަނީ އެފަހުން މުޅިން އެއްކޮން ފިލްމީ ދާއިރާ ދޫކޮށްލައިފައިއެވެ.
ކޮމެންޓު ފޮނުވާ