ބެލުންތެރިންގެ މެދުގައި ވަަރަށް މަގުބޫލު ޖޯޑެއް ކަމުގައިވާ ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އާއި ފިރިމީހާ ވިރާޓް ކޯލީ އަކީ ދިރިއުޅުމުގައި ވަރަށް ތަފާތު ރޫޓީން އެއް ގެންގުޅޭ ބައެކެވެ.
އެގޮތުން މި ދެމަފިރިން ނަކި އަވަހަށް ނިދައި އަދި ރޭގަނޑުގެ ކެއުން ވެސް އަވަހަށް ކާ ބައެކެވެ. އެގޮތުން އެދެމީހުން ރޭގަޑު ކެއުން 6 ޖަހާއިރު އޮންނަ ކަމަށް ވެއެވެ. އަދި ނިދާ ގަނޑިއަކީ 9؛30 ކަމުގައި ވެއެވެ.
އާންމުކޮން ބޮލީވުޑްގެ ގިން ތަރިންނަކީ ރޭގަނޑު ވަރަށް ދަންވަންދެން ޕާޓީ ކުރުމުގައި އުޅޭ ބައެއް ނަމަވެސް އަނުޝްކާ އެއްވެސް ވަރަކަށް އެފަދަ ކަމެއް ނުކުރާ ކަމަށް އޭނާބުނެއެވެ. އަދި ހާއްސަކޮށް ކައިވެނި ކުރި ހިސާބުން ވަރަށް ބޮޑަށް ދިރިއުޅުމަށް ބަދަލު ގެނެސް ހެލްތީ ލައިފް ސްޓައިލް އެއް އުޅެވޭތޯ މަސައްކަތް ކުރާ ކަމަށް އޭނާ ބުނެއެވެ.
2021 އަހަރު ދަރިއަކު ލިބުމުން އިތުރަށް ދިރިއުޅުމަށް ބަދަލުރަކުން ގެެނެސްފައިވާ ކަމަށާއި އެގޮތުން ރޭގަނޑު އަވަހަށް ނިދައި އަވަހަށް ހޭލުން އެއީ އެންމެ މުހިންމު އެއް ކަންތަށް ކަމަށް އޭނާވާނީ ބުނެފައިއެވެ.
މިވާހަކަތަށް އެންމެ ބޮޑަށް ފެންމަތިވީ މި ފަހުން ބަތަލާ ކެޓްރީނާ ކައިފް އާއި އެކްޓަރު ވިކީ ކޯޝަލް ދިން ކެއުމެއްގައި ބައިވެރިވެ ގިނަ އިރު ތިބެވެން ނެތީ އަވަހަށް ނިދާތީ ކަމަށް ބުނެ ކުރި ޕޯސްޓެއްގެ ސަބަބުންނެވެ. ކެޓްރީނާގެ ދެމަފިރިން އަނުޝްކާ ގެ ދެމަފިރިންނަށް ރޭގަނޑުގެ ކެއުމެއް ދިނީ އަވައްޓެރިންގެ ގޮތުން ގުޅުން ބަދަހި ކުރުމުގެ ގޮތުންނެވެ.
މިދެތަރިން ވަނީ އެކުގައި ފިލްމް އެއްވެސް ކުޅެފައިއެވެ. އެއީ 2018 ވަނަ އަހަރު ގެ ފިލްމް "ޒީރޯ" އެވެ. ނަމަވެސް ފިލްމް އަކީ އުންމީދު ކުރި ވަރާ ގާތަސްވެސް ހިނގި ފިލްމްއެވެ. ނޫނެވެ. މި ފިލްމް ގެ ލީޑުން ފެނުނީ އެކްޓަރު ޝާހުރުކް ހާންއެވެ.
ކޮމެންޓު ފޮނުވާ