ކްރިތީގެ ކޮއްކޮގެ ވެބް ސީރީޒެއް

ކްރިތީގެ ކޮއްކޮގެ ވެބް ސީރީޒެއް

Author
ފާތިމަތު ނާވީ
15 މާރޗް 2023 07:25
0

ބޮލީވުޑްގެ އަރަމުން އަންނަ ބަތަލާ ކްރިތީ ސެނޮން ގެ ކޮއްކޮ ނުޕޫރް ސެނަން ވެބް ސީރީޒަކުން ތައާރަފް ވުމަށް ތައްޔާރުވެއްޖެ އެވެ.

27 އަހަރުގެ ބަތަލާގެ ވެބް ސީރީޒަކީ އަންނަ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "ޕޮޕް ކޯން" އެވެ. އޭނާ ވަނީ މިކަން ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Nupur Sanon (@nupursanon)

ނުޕުރް ވަނި މީގެ ކުރިން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރާއި އެކުގައި ލަވައަކުން ފެނިގެން ގޮސްފައިއެވެ. ބެލުން ތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބުން މި ލަވަ އަކީ "ފިލްހާލް" އެވެ. މި ލަވައިގައި އޭނާ ދެއްކި އެކްޓިންގ އަށް ގިން ބައެއްގެ ތައުރީފް ވަނި ލިބިފައިއެވެ.

 

"ޕޮޕް ކޯން" އަކީ ކޮމެޑީ އެކެވެ. މި ސީރީޒަކީ ނުޕޫރްގެ ދައްތަ ކްރިތީގެ ދެ ފިލްމް އެއްކަމަށްވާ "ބައްޗަން ޕާންޑޭ" އާއި "ހައުސްފުލް 4″ ގެ ޑައިރެކްޓަރު ފަރުހާދު ސަމްޖީ ހަދާފައިވާ އެއްޗެކެވެ.

"ޕޮޕް ކޯން" ގެ ކާސްޓްގައި ކުނާލް ކޭމޫ، ޖޯނީ ލީވާ އާއި އޭނަގެ ދަރިފުޅު ޖެމީ ލީވާ އާއި ސޯރަބް ޝުކްލާ އާއި މި ހަފުތާގައި މަރުވި އެކްޓަރު ސަތިޝް ކޯޝިކާއި ޗަންކީ ޕާންޑޭ އަދި ރާޖްޕަލް ޔާދަވް ފަދަ ފަންނާނުން ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.