ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ ފްރެންޗައިޒް ފިލްމް "ސިންގަމް" ސީރީޒްގެ ތިން ވަނަ ފިލްމު "ސިންގަމް އެގެއިން" އަންނަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.
"ސިންގަމް" ސީރީޒް ފިލްްމ ތަކަކީ އަޖޭ އާއި އެކުގައި އެކްޝަން ޑައިރެކްޓރެއްގައި ގޮތުގައި ފާހަގަ ކުރެވޭ ޑައިރެކްޓަރު ރޯހިތު ޝެޓީ ކުރިއަށް ގެންދާ ފިލްމް އެކެވެ. މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފަިއ އޮތީ ނޮވެމްބަރުގައި ފާހަގަކުރާ ދިވާލީގެ ތެރެއަށެވެ.
އެހެން ވެއްޖެ ނަމަ މި ފިލްމް އިތުރު ދެ ފިލްމް އަކާއި މުޑި އަރާނެއެވެ. އޭގެ ތެރެއިން އެއް ފިލްމް އަކީ ސަލްމާން ހާން މި ހަފްތާގައި އިއުލާން ކުރި ފިލްްމް "ޕްރޭމް ކީ ޝާދީ"އެވެ. މިއީ ސަލްމާން ހާން އާއި އެކުގައި އޭނާ ބޮލީވުޑް އަށް ތައާރަފް ކުރި ޑައިރެކްޓަރު ސޫރަޖް ބަރްޖާތިއާގެ ފިލްމްއެކެވެ. އެއީ ވަރުގަދަ ކުރިމަތި ލުމަކަށް ވެގެން ދާނެއެވެ. ސަބަބީ ސަލްމާން އާއި ސޫރަޖް އެކުގައި ކުރި ހުރިހާ މަސައްކަތަކީވެސް ވަރަށް ކާމިޔާބު މަސައްކަތްތަކަކަށް ވުމެވެެ.
ދެވެނަ ފިލްމް އަކީ ޒުވާން އެކްޓަރު ކާތިކް އާރިޔާން "ބޫލް ބުލައްޔާ 3″ކެވެ. މީވެސް އާދައިގެ ފިލްްމް އަކަށް ނުވާނެއެވެ. ސަބަބީ ކާތިކްގެ "ބޫލް ބުލައްޔާ 2″ އަކީ މިދިއަ އަހަރު އެންމެ ކާމިޔާބު އެއް ފިލްމް އަށް ވުމެވެ. ބޮކްސް އޮފީހުގައި މި ފިލްމް ހޯދި ކާމިޔާބީ އާއި އެކުގައި ކާތިކް ގެ ޑިމާންޑް މިހާރު ވަނީ ވަރަށް ބޮޑު ވެފައިއެވެ. އޭނާ އަކީ މިހާރު ބޮލީވުޑްގެ އެންމެ ނަން ހިގާ އެއް ޒުވާން އެކްޓަރެވެ.
ނަމަވެސް ބެލެވޭ ގޮތުގައި ފިލްމް ތަށް މުޑި ނާރާ ގޮތަކަށް ކުރިއަށް ގެންދެވޭތޯ ފިލްމް މޭކާއިން މަަސައްކަތް ކުރާނެއެވެ. އެންމެ ބޮޑު އެއް ސަބަބަކީ ކުރިން އޮންނަ ވަރުގެ ބޮޑު ކްރައުޑެއް މިހާރު ފިލްމް ބެލުމަށް ނެތުމެވެ. އެގޮތުން މިދިއަ އަހަރު ރިލީޒް ކުރި ގިނަ ފިލްމް ތަކަކީ ޕްލޮޕް ފިލްމް ތަކެވެ. އޭގެ ތެރޭގައި ބޮޑތި ތަރިންގެ ފިލްމް ތަށް ފާހަގަ ކުރެވެއެވެ.
މީގެ ފުރަތަމަ ބައި "ސިންގަމް" ރިލީޒްކުރީ 2011 ގަ އެވެ. އޭގެ ބަތަލަކީ ކާޖަލް އަގަރްވާލެވެ. އަދި ކަރީނާ ކަޕޫރް ބަތަލާގެ ރޯލު ކުޅުނު "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ. އެ ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ.
"ސިންގަމް އެގެއިން" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މި ފިލްމުގައި އަޖޭއާ އެކީ ބަތަލާގެ ރޯލުން ފެންނާނީ ދީޕިކާ ޕަދްކޯނެވެ. އަދި މިއީ މި ދެ ތަރިން އެކީގައި ކުޅޭ ފުރަތަމަ ފިލްމެވެ.