ރޯދަމަހު ސަރުކާރު އޮފީސްތައް ހުޅުވާ ގަޑިތައް އިއުލާނުކޮށްފި

ރޯދަމަހު ސަރުކާރު އޮފީސްތައް ހުޅުވާ ގަޑިތައް އިއުލާނުކޮށްފި

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2023 11:01
0

މިއަހަރުގެ ރަމަޟާންމަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑި ރައީސް އޮފީހުން އިއުލާންކޮށްފިއެވެ.

މި އަހަރު ރަމަޟާން މަހަށް ހާއްސަކޮށް ރައީސް އޮފީހުން އިއުލާނުކޮށްފައިވާ ގަޑިއަކީ މިދިޔަ އަހަރުވެސް ރައީސް ހަމަޖެއްސެވި ގަޑިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައެވެ.

އެހެންކަމުން އެ ދުވަސްތަކުގައި ދެންނެވިފައިވާ ވަގުތަށް ފައްތަވައިގެން މަސައްކަތްތައް ރޭއްވެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސް އޮފީހުން ވަނީ އޮފީސްތަކަށް އަންގާފައެވެ.

މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 23 ވަނަ ދުވަހައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.