ހެންވޭރު އިމާރާތަކުން ވެއްޓުނު އަންހެން މީހާ މަރުވެއްޖެ

ހެންވޭރު އިމާރާތަކުން ވެއްޓުނު އަންހެން މީހާ މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
13 މާރޗް 2023 09:12
0

ހެންވޭރު ސަހަރާ ކައިރި، އިމާރާތަކުން މިރޭ ވެއްޓުނު އަންހެން މީހާ މަރުވެއްޖެ ކަމަށް ފުލުސް އޮފީހުން ބުނެފިއެވެ.

ފުލުހުން ބުނީ އިމާރާތަކުން ވެއްޓުނީ 32 އަހަރުގެ ދިވެހި އަންހެނެއް ކަަމަށެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަންހެން މީހާ ވެއްޓުނު ސަބަބެއް އަދި ނޭނގެއެވެ. އާއްމުވި ފޮޓޯއަކުން ފެންނަ ގޮތުގައި އޭނާ ވެއްޓިފައި އޮތީ ބަންޑުންނެވެ. ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އިމާރާތަކުން މިރޭ މީހަކު ވެއްޓުނުއިރު ރޭ ދަންވަރު މާލޭގެ އިމާރާތަކުން ވެއްޓި ހަތަރު އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ. ރޭވެސް ނިޔާވީ ހެންވޭރު ގެއަކުން ވެއްޓުނު ކުޑަ ކުއްޖެކެވެ.

އެ ކުއްޖާ ނިޔާވީ އޭޑީކޭ ހޮސްޕިޓަކުން ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވެޓެ
ވެރޭ މޫސުންތަ؟
ސ ސަު
އޭޑީކޭއައްގެންދަނީފުރާނައަޅަންބާ
، ،ނަން
އަޅެ ފޮޓޯ އާންމު ކުރިންޖެހޭތަ ހަމަ...ބުރުގާވެސް އަޅާ ކުއްޖެއް ވިއްޔަ
ވ ވަޅު
ހަމަ އެތާވެސް ތިބޭނީ ފިރިހެނުއް ދޯ
ހ ހިޔަނި
ހެންވޭރު ގެ އަކުން ވެއްޓުނު މީހެއް އޭޑީކޭ އައް ނުގެން ދިޔައީ ކީއްވެ ޔޯ؟
ާ ާގަހި
އެވަރަށް ލާރި ނެތީމަ