"ސިމެދަ" ޕޯޓަލް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ވަންނަން އެދޭ ފޯމް އޮންލައިކޮށް ހުށަހެޅޭނެ

"ސިމެދަ" ޕޯޓަލް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ވަންނަން އެދޭ ފޯމް އޮންލައިކޮށް ހުށަހެޅޭނެ

Author
އަޒްފާ ރަޝީދު
13 މާރޗް 2023 09:28
0

"ސިމެދަ" ޕޯޓަލް މެދުވެރިކޮށް ޕާޓީއަށް ވަންނަން އެދޭ ފޯމް އޮންލައިން ހުށަހެޅޭނެ ގޮތަށް ގެޒެޓްކޮށްފިއެވެ.

މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން ސިޔާސީ ޕާޓީތަކަށް ވަންނަން އެދޭ މެންބަރުން "ސިމެދަ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާޓީއަށް ވަންނަ ފޯމް ފުރުމަށްފަހު ހުށައަޅަމުން ގެންދިއުމަށާއި މި ފޯމުތައް ސިޔާސީ ޕާޓީތަކުން 10 އަހަރު ވަންދެން ބެލެހެއްޓުމަށް ވަނީ އަންގާފަ އެވެ.

"ސިމެދަ" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަނޭޅޭ ހާލަތެއް ކުރިމަތިވެއްޖެނަމަ އިލެކްޝަން ކޮމިޝަނަށް ވެސް ފޯމް ހުށައެޅޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

މި ޕޯޓަލް މެދުވެރިކޮށް މެންބަރުން ޕާޓީތަކަށް ވެއްދުމަށްޓަކައި ކޮންމެ ޕާޓީއަކުންވެސް ކޮމިޝަނުގެ ނަމޫނާ ފޯމާއި އެއްގޮތްވާ ގޮތުގެ މަތިން ފޯމެއް ތައްޔާރުކުރުމަށާއި އެ ފޯމު "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ހުށައަޅާއިރު ފޯމުގައި ހިމެނުމަށް ޝަރުތުކޮށްފައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކުރުމާއިއެކު ފޯމުގައި ހިމެނޭ އިނގިލީގެ ނިޝާންވެސް ކޮމިޝަނުން ގަބޫލުކުރާ ފެންވަރަކަށް ޖަހާފައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މި ޕޯޓަލްއަށް ހުށައަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ފޯމަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.