ރާއްޖޭގެ ހަތަރު ރަށެއްގެ މުހިންމު މަޝްރޫޢުތަކެއް ނިންމުމަށްޓަކައި އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މިގޮތުން ހަވާލުކޮށްފައިވާ މަޝްރޫޢުތަކަކީ ނ. ކެނދިކުޅުދޫ ބަނދަރު ތަރައްޤީ ކުރުމާއި ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢާއި، ހދ. ކުޅުދުއްފުށީ ޖެޓީ ބޮޑުކުރުމުގެ މަޝްރޫޢާއި، ކ. ހިންމަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އިތުރުން އއ. މަތިވެރި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެވެ.
އއ. މަތިވެރި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު:
މި މަޝްރޫޢުގެ ދަށުން، 54 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 483 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 111 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 800,17 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 04.23 މިލިއަން ރުފިޔާއަށް 240 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ކ. ހިންމަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު:
މި މަޝްރޫޢުގެ ދަށުން، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 53 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 127 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 93.10 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ހދ. ކުޅުދުއްފުށީ ޖެޓީ ބޮޑުކުރުމުގެ މަޝްރޫޢު:
މި މަޝްރޫޢުގެ ދަށުން، 531,1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، ޓިމްބަރ ޖެޓީތައް ބޮޑުކުރުމާއި، ޖެޓީތަކުގެ ދެމެދުގައި ޓިމްބަރ ޕްލެޓްފޯރމްތައް ހަރުކުރުމާއި، އެއްގަމުތޮށި މަރާމާތު ކުރުމާއި، ފްލޯޓިންގް ޖެޓީގެ ސްޕަން ޕައިލް ބޮޑުކުރުން ހިމެނެއެވެ. މި މަޝްރޫޢަކީ 10.12 މިލިއަން ރުފިޔާއަށް 250 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ނ. ކެނދިކުޅުދޫ ބަނދަރު ތަރައްޤީ ކުރުމާއި ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢު:
މި މަޝްރޫޢުގެ ދަށުން، 393,28 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 480,30 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 968,12 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 038,12 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދުގެ ބޭސިން ފުންކުރުމާއި، 220,14 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދުގެ ނެރު ފުންކުރުމާއި، 368 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 246 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 249 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 86 މީޓަރު ދިގު 5.1 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 1990 އަކަ މީޓަރުގެ ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 16.73 މިލިއަން ރުފިޔާއަށް 500 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ