ގުރައިދޫ ދާއިރާގެ ބައިއިލެކްޝަން: ޕީޕީއެމްގެ ޓިކެޓު ރިޒާގެ ކޮށްކޮއަށް

ގުރައިދޫ ދާއިރާގެ ބައިއިލެކްޝަން: ޕީޕީއެމްގެ ޓިކެޓު ރިޒާގެ ކޮށްކޮއަށް

Author
ޢަލީ އާދަމް
09 މާރޗް 2023 11:37
0

ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެން ހުސްވެފައިވަ އެދާއިރާގެ ގޮނޑީގެ ބައިއިލެކްޝަންގެ އިދިކޮޅު ޕީޕީއެމްގެ ޓިކެޓު ރިޒާގެ ކޮށްކޮ ހުސައިން ރިޒާއަށް ދީފިއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް ޕީޕީއެމުން ހުޅުވާލުމުން ކުރިމަތިލެއްވީ ހުސައިން ރިޒާ އެކަނިކަމަށްވާތީ އޭނާއަށް ޓިކެޓު ލިބުނީ ޕާޓީގެ ޕްރައިމަރީ އިންތިޚާބާ ނުލައެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށުގައި ވެރިކަން ކުރާ އެމްޑީޕީއާއި އެމްއެންޕީންވެސް ވާދަކުރެއެވެ. އެޕާޓީގެ ޓިކެޓް ހޯދުމަށް ހަތަރު ބޭފުޅަކު ވަނީ ޕްރައިމެރީއަށް ކުރިމަތިލައްވާފައެވެ. އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

އެމްއެންޕީން ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި، ކުރިމަތިލީ ކ.ގުރައިދޫ ފިޔާތޮށިގެ އަލި އާރިފް އެކަންޏެވެ. އެހެންކަމުން އޭނާއަށްވަނީ އެޕާޓީގެ ޓިކެޓު ލިބިފައެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރީމް މަހުގެ 15 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ފާއިތުވި ފެބްރުއަރީމަހު އަވަހާރަވި ރިޒާއަކީ އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ އިތުރުން، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ފާއިތުވި 14 އަހަރު މެދުނުކެނޑި ކުރައްވައިފައިވާ ބޭފުޅެކެވެ.

އަދި ރިޒާ ވަނީ، ނިމުނު 3 ދައުރުގައިވެސް މަޖިލިސް މެންބަރުކަން ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.