ވާނުވާގަ މިހާރު ތިބޭނީ ގޭންގު މާރާމާރީއާ، ޑްރަގާ، މަރުގެ އަދި ކުޑަކުދިންގެ ޖިންސީގޯނާގެ މައްސަލަތަކުގަ އެކަނި: އިމްރާން

ވާނުވާގަ މިހާރު ތިބޭނީ ގޭންގު މާރާމާރީއާ، ޑްރަގާ، މަރުގެ އަދި ކުޑަކުދިންގެ ޖިންސީގޯނާގެ މައްސަލަތަކުގަ އެކަނި: އިމްރާން

Author
ހުސެއިން
07 މާރޗް 2023 12:52
0

ވާނުވާ ޖަހާފަ، ނުވަތަ ޝަރީއަތް ނިމެންދެން މިހާރު ބަންދު ކޮށްފައި ތިބޭނީ ގޭންގު މާރާމާރީއާއި، ޑްރަގާއި، ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ އިތުރުން މަރުގެ މައްސަލަތަކުގައި އެކަނި ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މިނޫން މައްސަލަތަކުގައި މިހާރު "ވާނުވާ" ޖަހާފައި ކުށްވެރިން ނުތިބޭނެ ކަމަށާއި، ވާނުވާ ޖަހާ މައްސަލަ ހައްލުކުރުމަށް ފާއިތުވެދިޔަ ތަނުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަމުގައެވެ.

މިމައްސަލަތައް ނޫން، އާދައިގެ، އާންމުކޮށް މިކިޔާ މައްސަލަތަކުގަ މިހާރު ވާނުވާ ޖަހާފަ ނުވަތަ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ މީހުން ނުބައިތިއްބާނެ.

އިމްރާން ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މަހަކު އެއްފަހަރު ނުވަތަ ދެފަހަރު ޕްރޮސެކިއުޓަރ ޖެނެރަލްއާއި ބައްދަކޮށް، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިތިބޭ މީހުން ބެލުމަށްފަހު، އޭގެތެރެއިން ކިރިޔާވެސް ދޫކުރެވެން ހުރި ފަރާތެއްވާނަ ދޫކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމުގައެވެ.

އިމްރާން ވިދާޅުވީ ޝަރިއަތް ނިމެންދެން ބަންދުގަ ތިބޭ މީހުން ގިނަވަނީ، ބޮޑެތި މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާ ދިގުލައިގެން ދާތީ ކަމުގައެވެ. އަދި ވިދާޅުވީ އެފަތަ ފަރާތްތައް ދޫކޮށްލުމަކީ އެއްވެސް ހާލަތެއް ގަބޫލުކުރެވޭނެކަމަށް އެއްވެސް ބޭފުޅަކަށް ނުވާނެ ކަމުގައެވެ.

އަދި އޭނާ ވިދާޅުވީ ވާނުވާގައި ތިބޭ ފަރާތްތަކުގެ އަދަދު މަދުކުރެވޭނީ، ބަންދުގައި ތިބޭ މީހުންގެ ޝަރީއަތްތައް އަވަސް ކުރެވިގެން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.