މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ، މި މުބާރާތުގެ ރެކޯޑިންގްތައް ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި ކަމުގައެވެ. މި އަހަރުގެ މަދަޙަ މުބާރާތުގައި 304 ދަރިވަރުން ވަނީ އެކި އުމުރުފުރާތަކުން ބައިވެރިވެފައި ވާކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
މި މުބާރާތް ކުރިއަށް ގެންދާނީ 6 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އަދި މި މުބާރާތުގެ ރެކޯރޑިން ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމަން ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިންނަށް އަގުހުރި އިނާމްތަކެއްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ " މާލޭ ސިޓީ ކައުންސިލް މަދަޙަ މުބާރާތް 1444 " މި ނަމުގައެވެ. މި މުބާރާތާއި ގުޅޭ މަޢުލޫމާތު މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ ޒަރީޢާއިން ލިބެން ހުންނާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. މުބާރާތުގެ ޢުޞޫލު މާލެސިޓީ ކައުންސިލްގެ ވެބްސައިޓްގައި https://malecity.gov.mv/downloads ވަނީ ހިމަނާފައެވެ.
މަދަހަ މުބާރާތުގެ އިތުރުން މާލެ ސިޓީ ކައުންސިލުން ވަނީ 1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ޤުރުއާން މުބާރާތެއްވެސް ބާއްވާފައެވެ. އެ މުބާރާތުގެ ރެކޯޑިންގް މިހާރު ވަނީ ނިމިފައެވެ. އެ މުބާރާތުގައި 756 ކުދިން ބައިވެރިވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ