އަމީނީ މަގުގެ ތާރަ އެޅި ބައިގައި ފެންބޮޑު ވުމާއި ގުޅިގެން އާރުޑީސީއަށް ފާޑުކިޔުން އަމާޒުވެއް

އަމީނީ މަގުގެ ތާރަ އެޅި ބައިގައި ފެންބޮޑު ވުމާއި ގުޅިގެން އާރުޑީސީއަށް ފާޑުކިޔުން އަމާޒުވެއް

Author
ހުސެއިން
07 މާރޗް 2023 08:41
0

ދައުލަތުގެ މާލިއްޔަތުން ބޮޑު ޚަރަދެއް ކޮށްގެން ތާރަ އަޅަމުންދާ އަމީނީ މަގުގައި ތާރައެޅި ބައިގައި، މާލެއަށް ވާރޭ ވެރި ފެންބޮޑު ވުމާއި ގުޅިގެން، 80 މިލިއަން ރުފިޔާއަށް އަމީނީ މަގު ހެދުމުގެ މަސައްކަތް ހަވާލުކުރި އާރުޑީސީއަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވެއްޖެއެވެ.

މާލެއަށް އިއްޔެ ރޭ ބޯކޮށް ވާރެ ވެހުމާއި ގުޅިގެ މި ހަފްތާގައި ބޭނުން ކުރަން ފެށި، އަމީނީ މަގުގެ ތާރަ އެޅި ބައިގައި ވަރަށް ބޮޑަށް ފެން ބޮޑުވެ، މީހުންނަށް ހިގާބިގާވެ އުޅެންވަނީ ދަތިވެފައެވެ. އެއާކު މި މަގުގެ ފެންބޮޑުވެފައިވާ ބައިގެ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ގިނަބަޔަކު ވަނީ ޝެއަރ ކޮށްފައެވެ.

އަދި މިމަސައްކަތް، ބޮޑު އަގަކަށް ހަވާލުކުރި އާރުޑީސީއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެފައިވާއިރު، ގިނަ ބަޔަކު ދަނީ، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކަށްވެސް ފާޑު ކިޔަމުންނެވެ.

އަމީނީ މަގު ހަދަން ފެށުމުގެ ކުރިން އޭނާވަނީ، މިމަގުގެ ފެންބޮޑުވުމުގެ މަސައްކަތް މި ސަރުކާރުން ހައްލު ކުރާނެކަމަށް ވިދާޅުވެ، ކުރީގެ ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އަމީނީ މަގުގެ މަސައްކަތް އެންމެ ފުރަތަމަ އާރުޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަސް ތެރޭ ނިންމާގޮތަށެވެ. 84 މިލިއަން ރުފިޔާގެ މި މަޝްރޫއު އެއްބަސްވުމާއި އެއްގޮތަށް ނިންމާނަމަ ފާއިތުވި ފެބްރުއަރީ މަސް ތެރޭ ނިންމެން ޖެހެއެވެ. އެހެންނަމަވެސް އާރުޑީސީއާއި ހަވާލު ކުރި މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުގޮސްގެން ފަހުން މިމަސައްކަތާއި ހަވާލުވީ އެމްޓީސީސީންނެވެ. އަދިވެސް މި ޕްރޮޖެކްޓުގެ ބޮޑުބައި އަދިވެސް ވަނީ ނުނިމިއެވެ.

ޕްލޭނިން މިނިސްޓަރ އަސްލަމް ދާދިފަހުން ވިދާޅުވެފައިވަނީ، މިހާރު އަންދަޒާ ކުރެވޭ ގޮތުން މިމަގުގެ މަސައްކަތް ނިމޭނީ އަންނަ ސެޕްޓެމްބަރު މަހަށް ކަމުގައެވެ.

އާރުޑީސީން ބުނެފައިވަނީ، އަމީނީ މަގުގައި އެންމެ ފުރަތަމަ ތާރައަޅާ ނިމިފައިވާ ސަރަހައްދު މި ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އާންމުންނަށް ހުޅުވާލާފައިވި ނަމަވެސް، އަދިވެސް އެ ސަރަހައްދުގެ ފިނިޝިން މަސައްކަތް ކުރިޔަށް ދާކަމުގައެވެ. ތާރައަޅާ ނިމިފައިވަނީ ހެންވޭރުކޮޅުން ފެށިގެން ސްޓެލްކޯއާއި ހަމައަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙހ
ތާރު އެޅުން. ތާރަ އެޅުމެއް ނޫން. ދިވެހި ބަސް ނޭގެންޔާ އާޓިކަލް އެއްޗެހި ނުލިޔުން ރަނގަޅު.