14 ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން ކަނޑައެޅުމުގެ މައްސަލަ ކޮމިޓީއަށް

14 ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން ކަނޑައެޅުމުގެ މައްސަލަ ކޮމިޓީއަށް

Author
ހުސެއިން
06 މާރޗް 2023 01:22
0

ދިވެހިރާއްޖޭގެ ފަރާތުން ބޭރުގެ 14 ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން ކަނޑައެޅުއްވުމަށް ރައީސުލްޖުމުހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

14 ގައުމަކަށް ކަނޑައެޅުއްވުމަށް ރައީސުލްޖުމުހުރިއްޔާ މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ނަންފުޅުތަކުގެ ލިސްޓު މިއަދު މަޖިލީހަށް އިއްވަވައިދެއްވީ ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމެވެ.

މިލިސްޓު މަޖިލީހަށް އިއްވެވުމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދުވަނީ މިންނަފުޅުތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުއްވީކަމަށް އިއުލާން ކުރައްވާފައެވެ.

ނޮން-ރެސިޑެންޓް ސަފީރުކަމަށް ކަނޑައަޅުއްވަން ފޮނުއްވި ބޭފުޅުން:

  • ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލީ ފާއިޒް، ސީޝެލްސް، މޮރިޝަސް، ގަތަރު، ސައުތު އެފްރިކާ އަދި ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް
  • އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަނަވާ ސަފީރު އަބްދުލްއަފޫރު މުހައްމަދު، ކެނެޑާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް
  • ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާމިނަތު ޝަބީނާ އިތިއޯޕިއާ އަދި ކެންޔާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް
  • ޖާމަނީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާއިޝަތު ޝާން ޝާކިރު، ސާރބިއާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް
  • ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ތަސްމީން އަލީ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ އަދި ފިލިޕީންސްއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް
  • މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލީ ހުސައިންދީދީ ބުރޫނާއީއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް
  • އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބް ކަޒަކްސްތާނަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރައްޔިތުމީހާ
ތިކަހަލަަ ބޭކާރުު ކަންތައްކޮއްކޮއްފަަ ރައްޔިތުންޖޫރިމަނާކޮއްް ޓެކުސްތައްބޮޑުކުރީމަަ ކަޑައޭޭ ރައްޔިތުންނައްް ލާބަޔާމަންފާލިބޭގޮތައްް ކަންތައްކޮއްބަލާ