ވެރިކަމުގައި ހުންނަ ކޮންމެ ވެރިޔަކީ ރޮޒޭނާ މެންނަށް އެންމެ ހެޔޮލަފާ މީހާ: ވައްޑެ

ވެރިކަމުގައި ހުންނަ ކޮންމެ ވެރިޔަކީ ރޮޒޭނާ މެންނަށް އެންމެ ހެޔޮލަފާ މީހާ: ވައްޑެ

Author
މުޙައްމަދު ޝަޒައިމް
03 މާރޗް 2023 08:04
0

އެއިރަކު ވެރިކަމުގައި ހުންނަ ކޮންމެ ވެރިޔަކީ ރޮޒޭނާ މެންނަށް އެންމެ ހެޔޮލަފާ މީހާ ކަމަށް ވެފައިވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، ވައްޑެ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ހެޔޮލަފާ ވެރިންނަކީ ގިނައިން ލިބޭ ބައެއް ނޫންކަމަށާއި، ހެޔޮ ވެރިއެއް ލިބުމުން ބަލައިގަންނަން ޖެހޭ ކަމަށް ވިދާޅުވެ ތ.ހިރިލަންދޫ އެމްޑީޕީ މެމްބަރުންނާއި މުހާތަބްކޮށް ރޮޒޭނާ ދެއްކެވި ވާހަތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ރޭގެ ބައްދަލުވުމުގައި ރޮޒޭނާ ވަނީ ރައީސް ޞާލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފައެވެ.

ރޭގެ ބައްދަލުވުމުގައި ރޮޒޭނާ ވިދާޅުވީ ރައީސް ޞާލިހު އަކީ ވަރަށް މަދުން ނޫނީ ނުފެންނަފަދަ ވިސްނުންތެރި ބޭފުޅެއް ކަމަށެވެ. ނަސީބަކީ މާގިނައިން އަތުގައި ހިފާ އެއްޗެއް ނޫން ކަމަށާއި ނަސީބު އަތުގައި ހިފުމުން ކަންކަން ހާސިލުކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި ރާއްޖެ އުފާވެރިކަމާއި ހަމައަށް ދާން އޮތް ހަމައެކަނި މަގަކީ ރައީސް ޞާލިހު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒޭނާގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ވައްޑެ ވިދާޅުވީ ރޮޒޭނާ މެމްނަކީ އަބަދުވެސް އެއިރެއްގައި ހުންނަ ވެރިއަކީ އެންމެ ހޮލަފާ މީހާ ކަމަށް ދެކިގެން މަސައްކަތް ކުރަމުންދާ ބައެއްކަމަށެވެ. ވެރިކަން ނިމި، ރައީސަކަށް ހުރި މީހާގެ ބޭނުން ކެނޑުމުން އެމީހާ ވާރުގެ ނުބައި މީހެއް ނުހިންނަކަމަށް ވިދާޅުވެ ވައްޑެ ވަނީ ރޮޒޭނާއަށް ފާޑު ވިދާޅުވެފައެވެ.

އެއިރަކު ވެރިކަމުގައި ހުންނަ ކޮންމެ ވެރިޔަކީ ރޮޒޭނާ މެންނަށް އެންމެ ހެޔޮލަފާ މީހާ. ހަމަ ވެރިކަން ގެއްލުނީ އެވަރުގެ ނުބައި މީހެއް ނުހުރޭ.

– ވައްޑެ ވިދާޅުވިއެވެ.

ވައްޑެ މިހެން ވިދާޅުވި ނަމަވެސް، ރޮޒޭނާއަކީ ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި އެވެރިކަން ނިންމުމަށް އެމްޑީޕީގެ މެމްބަރުންނާއިއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން މަގުމަތީގެ މުޒާހަރަކާއި އެއްވުންތަކުގައި ލީޑްކޮށްގެން ބައެއް ހަރަކާތްތައް ހިންގާފައިވެސް ވެއެވެ.

އެމްޑީޕީ ތެރޭގައި އުފެދިފައިވާ ފެކްޝަންގެ ޚިޔާލް ތަފާތުވުންތަކާއިއެކު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ އެއްބަޔަކީ ކުރިން ޑީއާރުޕީގައި ތިބި މީހުންގެ ތެރެއިން އެމްޑީޕީގެ ލީޑަރޝިޕްގައި މިހާރު ތިބި މީހުންނެވެ. ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުން ވިދާޅުވަނީ އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕާއި ހިންގުމުގައި އިސްކޮށްތިބީ ކުރީގެ ފެއިލްވެފައިވާ ޑީއާރުޕީގެ ލީޑަރޝިޕްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަރަވެލި
2013 އިން 2018 އަށް ރާއްޖޭގެ ވެރިކަން ކުރިމީހާއަކީވެސް އެންމެ ހެޔޮލަފާ މީހާތޯ؟ އަނގަ އޮތީމަ ކާޅެއް ނުކާނޭ ބުނެއެވެ. ވައްޑެމެންނަށް ވަނީ އެގޮތެވެ.
ހ ހުސޭނުބެ
ވައްޑެމްންނަށް އަބަދުވެސް ވެރިކަމުގައި ހުންނަނީ އެންމެ ނުލަފާ މީހާއެވެ. ޢެ ވަރިހަމަ، މައުމޫނަކަސް، އަންނިއަކަސް، ވަހީދަކަސް، ޔާމީނަކަސް، ނޫނީ ސޯލިހަކަސް ހެވެއެވެ. ތިޔަ މީހުންނަށް ކިޔާ އުޅެނީ ޚަވާރިޖުންނެވެ. އެމީހުނަށް އުމަރުވެސް، އުސްމާނުވެސް، އަލީވެސް އަދި މުއާވިޔާވެސް ކަމަކުނުދިޔައެވެ. އެއީ އާދު ބާގައިގެ މީހުންފަދަ ނުބައި ބަޔެކެވެ.