ޕަވަންދީޕް އާއި އަރުނިތާ އުއްޗު އާއި ބައްދަލުކޮށްފި

ޕަވަންދީޕް އާއި އަރުނިތާ އުއްޗު އާއި ބައްދަލުކޮށްފި

Author
ފާތިމަތު ނާވީ
02 މާރޗް 2023 04:38
0

މިދިޔަ އަހަރު އޮތް އިންޑިއަން އައިޑަލްގެ ސީޒަން 12 ކާމިޔާބު ކުރި ޕަވަންދީޕް ރަޖަންއާއި, ދެ ވަނަ ރަނާސްއަޕް އަރުނީތާ ކަންޖީލާލް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އާ ބައްދަލުކޮށްފިއެވެ.

މާދަމާ ރޭ ހުޅުމާލޭގައި "މިއުޒިކަލް އައިޑޮލް" ގެ ނަމުގައި ބާއްވާ ޝޯގައި ޕަފޯމްކުރަން މި ދެ ލަވަކިއުންތެރިން ރާއްޖެ އައިސްފައިވަނީ އިއްޔެގެ މެންދުރުގެ ވަގުތެއްގައިއެވެ.

މި ދެތަރިން އުއްޗުއާ ބައްދަލުކުރީ، ކުރެއްދޫ އައިލެންޑް ރިސޯޓުގައިއެވެ. އަދި ރިސޯޓަށް ދިއުމުން މި ދެތަރިންނަށް މަރުހަބާކީ އުއްޗުގެ ދެ ކަނބަލުންކަމަށް މައުލޫމާތުލިބެއެވެ. އަދި މި ދެތަރިންގެ ޝަރަފުގައި ކުރެންދޫ ރިސޯޓުގައި ގާލާ ނައިޓްއެއް މިރޭ ބޭއްވުމަށް ވަނީ ނިންމާފައެވެ.

މަޝްހޫރު މި ދެލަވަ ކިއުންތެރިން ތިބޭނީ ހުރަވަޅި އައިލެންޑް ރިސޯޓުގައި ކަމަށް މައުލޫމާތު ލިބެއެވެ. މާދަމާރޭ އެމީހުން ޕާފޯމް ކުރާ ޝޯވ ފެށޭ ގަޑިއަކީ 8:00 އެވެ. 4 ގަޑީއިރަށް ދެމިގެންދާ މި ޝޯވ ގެ ޓިކެޓް އަންނަނީ އަދިވެސް ވިއްކަމުންނެވެ.

ތިން ކެޓަގަރީ އަކަށް ބަހާލައިގެން ޓިކެޓު ވިއްކާއިރު، އާއްމު ކެޓަގަރީގެ ޓިކެޓެއް އުޅެނީ 80ރ. އަށެވެ. ފަސްޓް ކްލާސް ޓިކެޓެއް 150ރ. އުޅޭއިރު، ސިލްވަ ކްލާސް ޓިކެޓެއް އުޅެނީ 500ރ. އަށެވެ.

މި ޝޯގައި، ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ އަދި ޝަލަބީ އިބްރާހިމް ވެސް ޕާފޯމް ކުރަން ވަނީ ހަމަޖެހިފަ އެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.